މެނޭޖްމަންޓް އަދި އިދާރީ ދާއިރާއިން ގިނަ
ތަޖުރިބާއެއް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށްވާ މުޝްރިފް ޢަލީ، އައްޑޫ ސިޓީގެ
މޭޔަރުކަމަށް ވާދަކުރައްވަން ވަނީ
ނިންމަވައިފައެވެ. ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި މުޝްރިފް އެ މަޤާމަށް
ވާދަކުރައްވާއިރު، ޕީއެންސީގެ ޕްރައިމަރީ އިންތިޚާބުގައި އޭނާގެ ކެންޑިޑޭޓް
ނަންބަރަކީ 2 އެވެ.
އައްޑޫ ސިޓީއަށް ހަގީގީ ސިޓީއެއްގެ ކުލަވަރު
ގެނައުމުގެ އަމާޒުގައި މި މަޤާމަށް ކުރިމަތިލެއްވި މުޝްރިފް ތަޢުލީމާއި ތަޖުރިބާގެ
ގޮތުން ބެލި ނަމަވެސް އެފަދަ ދެވަނައެއް ނެތް ޒުވާނެކެވެ.
މުޝްރިފްގެ ތަޢުލީމީ ޙަޔާތަށް ބަލާލާއިރު، އޭނާ
ޑިގްރީ ހާސިލްކުރައްވާފައިވަނީ އިންޑިއާގެ އެސް.ބީ.އާރ.އާރް. މަހާޖަނާ ފަސްޓް
ގްރޭޑް ކޮލެޖުން ބެޗްލަރ އޮފް ސައިންސް (ކޮމްޕިއުޓަރ ސައިންސް، ފިޒިކްސް،
މެތެމެޓިކްސް) އިންނެވެ. 2011 ވަނަ ހެދި އެ ކޯހުން އޭނާ ފާސްވެފައިވަނީ ފަސްޓް
ކްލާހުންނެވެ. އެފަހުން 2018 ވަނަ އަހަރު އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް
ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް (ކޮމްޕިއުޓަރ ސައިންސް) ވެސް ވަނީ
ހާސިލްކުރައްވާފައެވެ.
މުޝްރިފްގެ ކެމްޕެއިން ޕޯސްޓަރެއް
މުޝްރިފް އަކީ ތަޢުލީމާއެކު ތަޖުރިބާވެސް ނުހަނު
ގިނަ ބޭފުޅެކެވެ. އެގޮތުން މުޝްރިފްގެ ދިގު މުއްދަތުގެ މަސައްކަތުގެ ތަޖުރިބާއަށް
ބަލާއިރު، އޭނާ މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އެސް.ޓީ.އޯ އައްޑޫ
ޑިސްޓްރިބިއުޝަން ސެންޓަރުގެ ރީޖަނަލް ޑިސްޓްރިބިއުޝަން މެނޭޖަރެއްގެ
މަގާމުގައެވެ. މި މަސައްކަތް އޭނާ ފެއްޓެވީ 2025 ވަނަ އަހަރުގެ މެއި މަހުގެ 19
ވަނަ ދުވަހުއެވެ.
އަދި، އޭނާ ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ
މަހުން ފެށިގެން އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓޭރިއަޓްގެ ދަށުން ހިނގާ ހިތަދޫ
ޓައުން އޮފީހުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމު ފުރުއްވާފައެވެ. މި މަގާމުގައި
ހުންނަވައިގެން، ޓައުން އޮފީހުގެ ހަތަރު ޔުނިޓް (މުނިސިޕަލް ހިދުމަތްތައް، ސަޕޯޓް
ހިދުމަތްތައް، ބިމާއި ބޯހިޔާވަހިކަން، އަދި ސޯޝަލް ހިދުމަތްތައް) ގެ
މަސައްކަތްތައް ބެލެހެއްޓެވުމުގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު
ވަޒަންކޮށް، މަސައްކަތްތައް ރޭވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
އައްޑޫގެ އިތުރުން މުޝްރިފް ވަނީ ގދ. ފިޔޯރީ
ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. 2022
ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަގާމުގައި ހުންނަވައި، އިންސާނީ
ވަސީލަތްތަކާ ގުޅޭ ކަންކަމާއި، މާލީ ރިޕޯޓްތައް ތައްޔާރުކުރުން އަދި ސްޓްރެޓީޖިކް
ޕްލޭންތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
މުޝްރިފްގެ ކެމްޕެއިން ޕޯސްޓަރެއް
ހަމައެހެންމެ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު
މަހުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ސ.ހިތަދޫގައި އިކޮނޮމިކް
މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރ މެނޭޖަރެއްގެ މަގާމު ވެސް
މުޝްރިފް އަދާކުރައްވާފައިވެއެވެ.
އައްޑޫ މޭޔަރު ކަމަށް މުޝްރިފް ވާދަކުރައްވަނީ އެ
ސިޓީއާއި ސިޓީގެ ރައްޔިތުންނަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވުމުގެ
ނިޔަތުގައެވެ. އައްޑޫ ސިޓީއަކީ ތަޢުލީމަށް ލޯބިކުރާ ތަޢުލީމީ ޒުވާނުންތަކެއް އޮތް
ސިޓީއަކަށްވާއިރު މުޝްރިފްގެ އަމާޒަކީ އެ ޒުވާނުންނަށް އެ ޢިލްމުގެ ބޭނުން ހިފޭނެ
މަގުފަހިކޮށްދިނުމެވެ.
މީގެ އިތުރުން މުޝްރިފް ތަޞައްވުރުކުރައްވާ އައްޑޫ
ސިޓީ އަކީ ރައްޔިތުންނަށް
ދިރިއުޅެން ހިތްފަސޭހަ، ސާފުތާހިރު ތަނެކެވެ. އެތަނުގައި އެންމެ ރައްޔިތުންވެސް
ދިރިއުލެމުންދަނީ އެއްބައިވަންތަކަމާއެކުގައެވެ. އެއީ އެންމެން ގުޅިގެން އެއް އަމާޒަކަށް
މަސައްކަތްކުރާ އައްޑޫއެކެވެ.
އޭނާގެ ތަޞައްވުރުގައި، އައްޑޫ ސިޓީ ކައުންސިލަކީ
ދެފުއްފެންނަ ގޮތަށް މަސައްކަތްކުރާ، ރައްޔިތުންނަށް ޒިންމާދާރު ސިޓީ
ކައުންސިލެކެވެ. އަދި އައްޑޫ ސިޓީގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަ
ފުރުސަތުތައް ހުޅުވައިލެވި، އެ ސިޓީއަކީ އައްޑޫ ސިޓީއަކީ މުޅި ސަރަހައްދުގެ
އިގްތިސާދީ މައި މަރުކަޒެއްވެސް މެއެވެ.
މި ތަޞައްވުރުތައް ނުވަތަ ހުވަފެންތަކުގައި ހަޤީގީ
ކުލަ ޖެއްސުމުގެ ޤާބިލުކަމާއި ހިތްވަރު މުޝްރިފްގެ އެބަހުއްޓެވެ. އޭނާގެ ދިގު
މުއްދަތުގެ ތަޖުރިބާ އާއި ދުރު ރާސްތާ ރޭވުންތަކަށް ބަލާއިރު، އައްޑޫ ސިޓީއަށް
ހަގީގީ ސިޓީއެއްގެ ކުލަވަރު ގެނައުމަށް އޭނާއަކީ ގާބިލް އަދި ކުޅަދާނަ
ކެނޑިޑޭޓެކެވެ. އޭނާގެ ވައުދުތަކާއި އަމާޒުތަކަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް
ފާގަތި މުސްތަގުބަލެއް ޔަގީންކޮށްދޭނެ ކަންކަމެވެ. އޭނާގެ ހުނަރުތަކާއި
ލީޑަރޝިޕްގެ ގާބިލިއްޔަތުތަކުގެ ސަބަބުން، އައްޑޫ ސިޓީގެ ތަރައްގީއަށް އައު
ހަލުވިކަމެއް ގެނެސްދީ އެއީ ހަގީގަތުގައިވެސް ސިޓީ އަކަށް ހަދައިދޭނެއެވެ.
އައްޑޫ ސިޓީއަށް ހަގީގީ ސިޓީއެއްގެ ކުލަވަރު ގެނައުމަށް މުޝްރިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ