ގެއްލުނު ކުއްޖާ ފެނިއްޖެ.އޭނާގެ ހާލު ރަނގަޅު: ފުލުހުން ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު ގެއްލިގެން ހޯދަމުން ދިޔަ ހުޅުދޫ މީހާ 3 މަސް ފަހުން ފެނިއްޖެ ވީނުވީއެއް ނޭނގި ގެއްލިގެން ހުޅުދޫ މީހަކު ހޯދަނީ މަގުބޫލު ލިޔުންތައް ޕަވާ

ފުލުހުން ބުނި ގޮތުގައި ރާއިދާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:52 އެހާކަށްހާއިރު ކަމަށް ބުންޏެވެ. މި ރިޕޯޓު ލިބުމާ ގުޅިގެން ރާއިދާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މައްސަލަ ރިޕޯޓު ކުރުމާއެކު ކަމާ ބެހޭ އެހެނިހެން އިދާރާތަކަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ފެނޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ރާއިދާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އެދިފައެވެ. އެގޮތުން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ