ކުޅުދުއްފުށިން އިތުރު ބޭފުޅަކަށް ސިޔާސީ ވަޒީފާއެއް ހަމަޖައްސަވައިފި އެވެ.
ކުޅުދުއްފުށީގައި ހުންނަވައިގެން މަސައްކަތްކުރައްވާ ގޮތަށް ސިޔާސީ މަގާމު މިފަހަރު ދެއްވީ، މުހައްމަދު ވަހީދު (މޮދޭ) އަށެވެ.
އޭނާއަށް ވަޒީފާ ހަމަޖެއްސެވީ ޔޫތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށެވެ. މުހައްމަދު ވަހީދު ސޮއިކުރައްވަން ނުކުންނަވާނީ ހދ އަތޮޅު ކައުންސިލް އިދާރާއަށެވެ.
މުހައްމަދު ވަހީދުގެ އިތުރުން ކުޅުދުއްފުށީގައި ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްވެސް ހުންނަވަ އެވެ. އެ މަގާމުގައި ހުންނަވަނީ އަހުމަދު ނަބީލް އިސްމާއިލެވެ.
މިދިޔަ ހަފުތާވެސް ކުޅުދުއްފުށިން ތިން ބޭފުޅަކަށް ސިޔާސީ މަގާމު ދެއްވި އެވެ.
ކުޅުދުއްފުށިން އިތުރު ބޭފުޅަކަށް ސިޔާސީ މަގާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ