މި އަހަރު ހުކުރު ހުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ހިޔާލު ހޯދަނީ

ހުކުރު ހުތުބާ ލިޔާނެ މައުޟޫއުތައް ހޯދަން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ، ހުކުރު ހުތުބާ ލިޔާ މައުޟޫތަކާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.އެހެންވެ، މި އަހަރު އަޑު އަހަން ބޭނުންވާ ހުތުބާގެ މައުޟޫތައް ހުށަހަޅަން މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. އެ މައުޟޫތައް މިނިސްޓްރީގެ ފޭސްބުކް ޕޯސްޓުގައި ކޮމެންޓު ކުރެވޭނެކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.މިނިސްޓްރީން ކުރި އެ ޕޯސްޓަށް ގިނަ އަދަދެއްގެ މީހުން ވަނީ ކޮމެންޓް ކޮށްފަ އެވެ. އެގޮތުން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން އެކިއެކި މައުޟޫއުތަކުގެ ހިޔާލުތައް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ