މި މަހު ތައިލެންޑުގައި ކުރިއަށްދާ ސާފްގެ ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރާއްޖޭގެ ޓީމުގެ ތަޖުރިބާ ބަންގްލަދޭޝްގައި ރަނގަޅުވާނެ ކަމަށް އެ ޓީމުގެ ކެޕްޓަން، ސަބީނާ ކަތުން ބުނެފި އެވެ.
ސަބީނާ ވަނީ ކްލަބް މޯލްޑިވްސްގެ އަންހެން ފުޓްސަލް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބަށް ކުޅެފަ އެވެ. ޖެނުއަރީ 13-26 އަށް ސާފްގެ އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތް ތައިލެންޑުގައި ކުރިއަށްދާއިރު، ބަންގްލަދޭޝްގެ ދެ ޓީމު ވެސް ވަނީ މުބާރާތުގެ ކުރިން 10 ދުވަހުގެ ކޭމްޕަކާ އެކު މިއަދު ތައިލެންޑަށް ގޮސްފަ އެވެ.
ތައިލެންޑް ކޭމްޕަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަބީނާ ބުނީ ފުޓްސަލް އަކީ އަބަދުވެސް އޭނާ ވަރަށް ގަޔާވި ކުޅިވަރެއް ކަމަށާއި ގައުމުން ބޭރުގެ މުބާރާތްތަކުގައި ކުޅެން ދިޔަ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ. އަދި، ސާފް އިން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތުގައި ކުޅެން ލިބުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި އުންމީދަކީ، ދެން އަންނަ ޖީލުތަކަށް މީގެއިން ފައިދާކުރާނެ ފެށުމެއް މި ފަހަރުގެ މުބާރާތުގައި ދެއްކުން ކަމަށް ސަބީނާ ވަނީ ބުނެފަ އެވެ.
"އަސްލު ދެން ހުރި ޓީމުތަކާ ބެހޭ މާ ބޮޑު މައުލޫމާތުތަކެއް ނެތް. އެކަމަކު، ރާއްޖެއާ މެދު އެއްޗެއް ބުނަންޏާ، އަހަންނަށް އެނގޭ އެ މީހުންގެ ތަޖުރިބާ ރަނގަޅު، އެއީ، އެ މީހުން ގިނައިން ކުޅެނީ ފުޓްސަލް. އަހަރެމެންނަށް ވުރެން ފުޓްސަލްގައި އެ މީހުން ރަނގަޅުވާނެ. ދެން، އިންޑިއާ އިން ފުޓްސަލްގެ ގިނަ ކޮލިފައިންގައި ކުޅެފި، އެހެންވީމަ އެ މީހުން ވެސް ރަނގަޅު ރޭވުންތަކާ އެކު ވަރުގަދަކޮށް އަންނާނީ،" ސަބީނާ ބުންޏެވެ.
"ދެން މި އޮތީ އަހަރެމެން (ބަންގްލަދޭޝް) ކަހަލަ އަލަށް ކުޅޭ ޓީމުތައް، އަހަރެމެން ޕްރެކްޓިސް ކުރާތާ މަހަކަށް ވުރެން ގިނަ ދުވަސް ވެއްޖެ، އުންމީދަކީ، ރަނގަޅު ކަންތައްތަކެއް މި މުބާރާތުގައި ހާސިލްކުރުން،"
ސަބީނާގެ އިތުރުން ރާއްޖޭގައި ކުޅުނު މަތުސުޝިމާ ސުމައްޔާ ވެސް ބަންގްލަދޭޝް ޓީމުގައި ހިމެނެ އެވެ.
ބަންގްލަދޭޝްގެ އަންހެން ފުޓްސަލް ޓީމުގައި މަސައްކަތް ކުރަނީ އިރާނުގެ ކޯޗިން ޓީމެކެވެ. ދުނިޔޭގެ ފުޓްސަލްގައި ވަރުގަދަ ބާރެއް ކަމަށްވާ އިރާނުން ބަންގްލަދޭޝް އަންހެން ޓީމަށް ގެނެސްފައިވަނީ، ހެޑް ކޯޗަކާއި އެސިސްޓަންޓް ކޯޗެއްގެ އިތުރުން ގޯލްކީޕިން ކޯޗެކެވެ. އެ ގޮތުން، ހެޑް ކޯޗަކީ، ސައީދު ހޮދަރާހްމީ، އެސިސްޓަންޓް ކޯޗަކީ، މިތުރާ ޗިންސާރީ އަދި ގޯލްކީޕިން ކޯޗަކީ މަހްނާޒް އަޝްތިވާނީ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ސަރަަހައްދުގެ ހުރިހާ ގައުމަކުން ވާދަކުރެ އެެވެ.
ބަންގްލަދޭޝްގެ ކެޕްޓަން ސަބީނާ ބުނަނީ ރާއްޖޭގެ ޓީމުގެ ފުޓްސަލް ތަޖުރިބާ ބޮޑުވާނެ ކަމަށް ބަންގްލަދޭޝްގެ ކެޕްޓަން ސަބީނާ ބުނަނީ ރާއްޖޭގެ ޓީމުގެ ފުޓްސަލް ތަޖުރިބާ ބޮޑުވާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ