ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން އިންޑިއާ އިން ލަންކާގައި ޓީ20 މެޗުތަކެއް ކުޅެނީ ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން އިންޑިއާ އިން ލަންކާގައި ޓީ20 މެޗުތަކެއް ކުޅެނީ

ކޮލަމްބޯ (ޖެނުއަރީ 2) - މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅާއި ޑިސެމްބަރު މަހު ސްރީ ލަންކާ އަށް ކުރިމަތިވި ތޫފާނު ޑިޓްވާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން އިންޑިއާގެ ޓީ20 ޓީމުން ލަންކާގައި މެޗުތަކެއް ކުޅެން ނިންމާފައިވާ ކަމަށް ލަންކާގެ ކްރިކެޓް ބޯޑުން ބުނެފި އެވެ.
ތޫފާން ޑިޓްވާގެ ސަބަބުން، ލަންކާގައި 600 އަށް ވުރެން ގިނަ މީހުން މަރުވިއިރު، 1.6 ބިލިއަން ޑޮލަރަށް ވުރެން ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. ލަންކާ އަށް އެހީވުމަށް ގިނަ ގޮތްގޮތުން އެކި ގައުމުތަކުން މަސައްކަތް ކުރަމުން އަންނައިރު، ލަންކާގެ ކްރިކެޓް ބޯޑުގެ ޗެއާމަން، ޝަންމި ސިލްވާ ވިދާޅުވީ، އިންޑިއާގެ ކްރިކެޓް ބޯޑު ބީސީސީއައި އިން ވެސް އެހީވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން، މިދިޔަ ޑިސެމްބަރު މަހު ވެސް ލަންކާގައި އިންޑިއާ އިން ޓީ20 މެޗުތަކެއް ކުޅެން އެއްބަސްވި ނަމަވެސް، ބްރޯޑްކާސްޓަރުން ހަމަޖެއްސުމާއި އެހެނިހެން ހަރަދުތައް ހަމަނުޖެހޭތީ އެކަން ނުކުރެވުނެވެ. އެކަމަކު، މި އަހަރު ފަހުކޮޅުގައި، އައިސީސީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ތައްޔާރުވާއިރު، ލަންކާގައި ކުރިއަށްގެންދާ ޓުއާގައި، ތޫފާން ޑިޓްވާގައި ހާލު ޖެހުނު މީހުންނަށް އެހީވުމަށް، ހާއްސަ ދެ ޓީ20 މެޗު ކުޅޭނެ އެވެ.
މީގެ އިތުރުން، ސިލްވާ ވަނީ، ޕާކިސްތާނާ އެކު ކުރިއަށް އޮތް ޓީ20 ސީރީސް އިން ލިބޭ އާމްދަނީގެ ވެސް ވަކި ޕަސެންޓެއް، ތޫފާން ޑިޓްވާ ރިލީފް ފަންޑަށް ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ