ހާމަނާއީއަށް ފަހު އީރާނުގެ ވެރިކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއް؟

އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ އިއްޔެ އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުގެ ވެރިކަމުގެ ނިޒާމަށް މިވަނީ އާ ލީޑަރަކު ހޮވުމުގެ ބޮޑު މަސްއޫލިއްޔަތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ގާތްގަނޑަކަށް 40 އަހަރު ވަންދެން ހަރުކަށި އުސޫލުތަކަކާ އެކު ވެރިކަން ކުރެއްވި ހާމަނާއީއަށް ފަހު ވެރިކަމާ ހަވާލުވާނެ ބޭފުޅަކު ރަސްމީކޮށް ކަނޑައަޅާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، އީރާނުގައި ދެން ހުންނަވާނެ ލީޑަރަކު ހޮވާނީ 88 އިލްމުވެރިންގެ މައްޗަށް އެކުލެވޭ އެސެމްބްލީ އޮފް އެކްސްޕާޓްސް ނުވަތަ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ.
އެގޮތުން، 1979 ވަނަ އަހަރު އީރާނުގައި އިސްލާމީ ޖުމްހޫރިއްޔާ ގާއިމުކުރި ފަހުން، މިފަދަ ނިންމުމެއް އެ މަޖިލީހުން ނިންމާފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން، އާޔަތުއްލޯ ރުހުއްލޯ ހުމައިނީ އަވަހާރަވުމުން، ވަރަށް އަވަސް އަރުވާލައިގެން ޚާމަނާއީ އެ މަގާމަށް އައްޔަންކުރި ފަހަރެވެ.
އީރާނުގެ ވެރިކަމުގެ ނިޒާމުގެ ހަމަޖެހުން ދެއްކުމަށްޓަކައި ހާމަނާއީގެ ބަދަލުގައި އާ ލީޑަރަކު ހޮވުމުގެ މަޝްވަރާތައް އެސެމްބްލީން ވީހާ ވެސް އަވަހަކަށް ފަށާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ވެރިކަމުގެ ނިޒާމަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވާތީ، މިފަދަ މަޖިލީހެއް ބޭއްވުމުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، އާ ލީޑަރަކީ ފިރިހެނަކަށް ވުމާ އެކު، ސިޔާސީ ގާބިލުކަން ހުރި، އަހްލާގީ ގޮތުން ނަމޫނާ އަދި އިސްލާމީ ޖުމްހޫރިއްޔާއަށް ފުރިހަމައަށް ވަފާތެރި ދީނީ އިލްމުވެރިއަކަށް ވާންޖެހެ އެވެ. މި މަޖިލީހުން، ހުޅުވާލެވިފައިވާ ސިޔާސަތުތަކަށް ތާއީދުކުރާ އިލްމުވެރިން މި މަގާމުން އެކަހެރި ކުރުމަކީ ވަރަށް ގާތް ކަމެކެވެ.
މި މަގާމަށް ކުރިމަތިލާނެ ކަމަށް ބެލެވޭ މައިގަނޑު ފަރާތްތަކަކީ:
އޭނާއަކީ އާޔަތުﷲ ހާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުންނެވެ. އޭނާއަކީ އީރާނުގެ ބާރުގަދަ ސިފައިންގެ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާއި ބަސީޖް ފައުޖާ ގާތް ގުޅުމެއް އޮންނަ، ނުފޫޒުގަދަ ބޭފުޅެކެވެ.
ނަމަވެސް، ބައްޕަގެ ބަދަލުގައި ދަރިފުޅު ވެރިކަމަށް އިސްވުމަކީ އީރާނުގެ ދީނީ އިލްމުވެރިންގެ މެދުގައި މަރުހަބާ ކިޔާނެ ކަމެއް ނޫނެވެ. އަދި އޭނާއަކީ ދީނީ ގޮތުން މާ މަތީ ދަރަޖައެއްގެ ބޭފުޅެއް ނޫން ކަމުން އެއީ ވެރިކަމަށް އައުމަށް އޮތް ހުރަހެކެވެ.
އޭނާއަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާފައިވާ، ހާމަނާއީގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. '
މިހާރު އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ނައިބު ރައީސްކަން ކުރައްވާއިރު، އޭނާއަކީ ގާޑިއަން ކައުންސިލްގެ މެންބަރެއް ވެސްމެ އެވެ. އޭނާއަކީ އިދާރީ ގޮތުން ގާބިލު އަދި އަރަބި ބަހާއި އިނގިރޭސި ބަސް ދަންނަ ބޭފުޅެކެވެ.
އޭނާއަކީ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެންބަރެއްގެ އިތުރުން، އީރާނުގެ ދީނީ އިލްމުވެރިންގެ ތެރެއިން އެންމެ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އޭނާއަކީ ހުޅަނގުގެ ގައުމުތަކާ ވަރަށް ދެކޮޅު އަދި ދީނީ ހަނގުރާމައެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅެކެވެ.
އޭނާއަކީ އީރާނުގެ ބާނީ އާޔަތުއްލޯ ރުހުއްލޯ ހުމައިނީގެ ކާފަ ދަރިކަލުންނެވެ. އާއިލީ ގޮތުން ބޮޑު އިހުތިރާމެއް ލިބިވަޑައިގެންފައިވީ ނަމަވެސް، އޭނާއަކީ ފިކުރީ ގޮތުން މާ ހަރުކަށި ބޭފުޅެއް ނޫނެވެ. މި ސަބަބާ ހުރެ 2016 ވަނަ އަހަރު އޭނާއަށް އެސެމްބްލީ އޮފް އެކްސްޕާޓްސްގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ ބަންދުކޮށްފަ އެވެ.
އޭނާއަކީ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ފުރަތަމަ ނައިބު ރައީސްގެ މަގާމުގައި ހުންނެވި، ހާމަނާއީއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ނަމަވެސް އޭނާއަކީ އާންމުންގެ މެދުގައި މާ މަޝްހޫރު ބޭފުޅެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ