އިޖުތިމާއީ އަދާލަތަކީ ހަމައެކަނި ވައުދަކަށް ނުހަދައި، ހަގީގަތަކަށް ހަދަންޖެހޭ: ރައީސް މުއިއްޒު ވޭޕް މަނާކޮށް، ދުންފަތުގެ ގާނޫނަށް ގެނައި ބަދަލުން ރައީސް “ޓައިމް” ލިސްޓަށް ރައީސް މުޢިއްޒު ރަސްމީ ދަތުރުފުޅެއްގަ ޖަރުމަނަށް ވަޑައިގަންނަވަނީ ދަރިވަރުން ފަތިސް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މިއީ މި ހާލަތާ ގުޅިގެން ރާއްޖެއަށް އަންނާނެ ލޮޅުންތައް ކުޑަކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ މި ކޮމިޓީގެ މައިގަނޑު ބޭނުމަކީ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމެވެ. އަދި ކަމާގުޅޭ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުން އާންމުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމަށް އޭނާ ބުންޏެވެ.
މި ކޮމިޓީގެ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އޭނާގެ އިތުރުން މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މީގެ އިތުރުން ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި، ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ކޮމިޓީގައި ހިމަނުއްވާފައެވެ. ހަމައެހެންމެ، މިނިސްޓަރު ތޯރިގު އިބުރާހިމް އާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މި ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.
މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، މި ކޮމިޓީ މެދުވެރިކޮށް ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާންމު ރައްޔިތުންނަށް ދަތިކަމެއް ނެތި އަސާސީ ހިދުމަތްތައް ލިބޭނެކަން ކަށަވަރުކުރުމަކީ މި ވަގުތު ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ