އީރާނުގެ ލީޑަރ އަވަހާރަކޮށްލުން މުއިއްޒު ކުއްވެރިއެއް ނުކުރި!

އިސްލާމީ އީޜަނުގެ ރޫހާނީ ލީޑަރ އާޔަތުއްލާ އަލީ ހާމަނާއީ އިއްޔެވަނީ އަވަހާރަކޮށްލާފައެވެ. އެމެރިކާއާއި އިޒްރޭލު ގުޅިގެން އިއްޔެ އީރާނަށްދިން ފަނާކުރަނިވި ހަނގުރާމަވެރި ހަމަލާގައި އީރާނުގެ ރޫހަނީ ލީޑަރ އަވަހާރަ ކޮށްލުމަކީ ދިވެހި ރައްޔިތުން އެކަމާ އިންތިހާއަށް ކަންބޮޑުވާ ރައްޔިތުން ހިތާމަ ކުރާކަމެކެވެ. 
އިސްލާމީ ގައުމެއްގެ ވެރިއަކު އަވަހާރަވުމަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ބޮޑަށް ހިތާމަ ފާޅުކުރާ ކަމެކެވެ. ގައިބަށް ކަށުނަމާދު ކުރުމާއި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމާއި ސަރުކާރު ބަންދުކުރުން ފަދަ ކަންކަން ރާއްޖޭން ކުރެއެވެ. ހިތަމަ ފާޅުކޮށް އެގައުމެއްގެ ރައްޔިތުންނަށާއި ވެރިންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ދަންނަވައެވެ. 
ހައްސަކޮށް އުދުވަނީ ހަމަލާއެއްގައި އިސްލަމީ ގައުމެއްގެ ވެރިއަކު އަވަހާރަކޮށްލައިފިނަމަ ހަރުކަށި އިބާރާތުން އެކަން ކުއްވެރިކޮށް ރަސްމީ އިދާރާތަކާއި ރައީސް އޮފީހުން ބަޔާން ނެރެއެވެ. އަމްދުން އިސްލާމު ދީނަށް ނަސްރުދިނުމުގައި އެވަރެއް ނެތްކަމަށް ދެއްކިގެން ވެރިކަމަށް އިސްވި ޑރ. މުއިއްޒު ސަރުކާރަކީ އިޒްރޭލުގެ އުދުވަނާ އެންމެ ދެކޮޅު ސަރުކާރު ކަމަށް ބުނަމުން ގެން ގޮސްފައި ވެއެވެ. 
އެހެން ނަމަވެސް އެމެރިކާއާއި އިޒްރޭލް ގުޅިގެން އިސްލާމީ އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހާނީ ލީޑަރ އާޔަތުއްލާ ހާމަނާއީ އާއި އީރާނުގެ އިސްވެތައް އަސްކަރީ ކޮމާންޑަރުންނާއި އާއްމު ރައްޔިތުންގެ އެތައް ބަޔަކު ޝަހީދުކޮށްލި ކަމެއް މިހާތަނަށްވެސް ރައީސް މުއިއްޒު ނުދެނެ ހުއްޓެވެ. ހާމަނާއީ އަވަހަރަކޮށްލިތާ 48 ގަޑިއިރު ވާންދަނީއެވެ. އެމެރިކާއާއި އިޒްރޭލުން ހިންގި ހަނގުރާމަވެރި ފަނާކުރަނިވި އުދުވާނަށް ރައީސް މުއިއްޒު ހުރީ ބީރުކަންފަތް ދީގެންނެވެ. 
ސަރުކާރު ބަންދުކޮށް ގައިބަށް ކަށުނަމަދު ނުކުރާތާ ދިދަ ބައިދަނޑިއަށް ތިރިކޮށްލަން ނުކެރުނެވެ. ކުޑަމިނުން އިރާނަށް ތައުޒިޔާވެސް ފޮނުވާލަން ނުކެރުނެވެ.
އެހެން އެކަން އޮއްވާ އެމެރިކާގެ ހަނގުރާމަ މަތީ އުޅަދު ފަހަރަށް ރާއްޖޭގެ ވައިގެ ސަރަހައްދު އޮތީ ހުޅުވާލާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އެމެރިކާގެ އަސްކަރީ ބޯޓު ފަހަރު ޖެއްސުމަކަށް އެއްވެސް ހުރަހެއްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ