މެންބަރުންނަށް ދައުވާ ކުރަނީ ބިރުދައްކަން: އެމްޑީޕީ

އެމްޑީޕީން ތިނެއް އޮކްޓޯބަރުގައި ކުރިއަށް ގެންދިޔަ ''ލޫޓުވައިފި'' މުޒާހަރާއާ ގުޅިގެން އެޕާޓީގެ މެމްބަރުންގެ މައްޗަށް ދައުވާކުރަނީ ޕާޓީގެ މެންބަރުންނަށް ބިރުދައްކަން ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފިއެވެ. އެމްޑީޕީން އެފަދައިން ބުނިއިރު ތިނެއް އޮކްޓޯބަރުގައި އިދިކޮޅު އެމްޑީޕީއިން ކުރިއަށްގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެ ޕާޓީން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތް ޒަހިއްޔާ (ޒާޔާ)ގެ އިތުރުން، އިތުރު ހަ މީހަކަށް މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފައެވެ. އެކަމާ ގުޅުވައި އެ ޕާޓީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުން ކަށަވަރުކޮށްދޭ ކަމަށެވެ. އެ ޕާޓީން ތިނެއް އޮކްޓޫބަރުގެ އެއްވުމަށް ސަރުކާރުން ހުރަސްއެޅުމަށްޓަކައި، ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާކަމާއި، އެތަނުގެ ސުލްހަވެރިކަން ގެއްލުވައިލުމަށްޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމާއި، އަނިޔާވެރިކަމާއެކު އެތައް ބަޔަކު ހައްޔަރުކުރިތަން ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށް ބުނެފައެވެ. https://sun.mv/218551 އެހެންކަމުން އޭގެ ފަސް މަސް ފަހުން، އެ މުޒާހަރާއާ ގުޅުވައިގެން އެ ޕާޓީއަށް ނިސްބަތްވާ، މަޖިލީހުގެ މެންބަރަކާއި ގައުމީ މަޖިލީހުގެ މެންބަރަކާއި އާއްމު މެންބަރުންތަކެއްގެ މައްޗަށް ދައުވާކުރާއިރު އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެ ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށް ކުރާ ކަމެއްގެ ގޮތުގައި އެ ޕާޓީން ތުހުމަތުކުރިއެވެ. އަދި އެއީ ރާއްޖޭގެ އިންތިޚާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާއްމު ވޯޓާ ދެކޮޅަށް އަންނަ މާރިޗު މަހުގެ 21 ވަނަ ދުވަހު އެ ޕާޓީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށް ވެސް އެ ޕާޓީއިން ވަނީ ތުހުމަތުކޮށްފައެވެ. އެ ޕާޓީއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން ކުރާ އެ ފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަމަށް ވެސް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ