ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހެޔޮވެރިކަމުގެ ނިޒާމު ރޫޅާލަމުންދާ ދިއުމާ ދެކޮޅަށް ރައްޔިތުން އޭޕްރީލް 4 ގައި ނުކުމެ "ނޫނެކޭ" ބުނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމަށް ގޮތެއް ނިންމާއިރު ރައްޔިތުން އަމިއްލަ ސިކުނޑިން ވަރަށް ގިނަ ކަންތައްތަކަކާ މެދު ވިސްނަންޖެހޭ ކަމަށެވެ.
ހާއްސަކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ގައުމުގެ ހާލަތު ބަދަލުވެގެން ދިޔަ ގޮތް ވަޒަންކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވެރިކަމެއް ރައްޔިތުން ބަދަލުކުރަނީ ކުރިއަށް ވުރެ ރަނގަޅަށް ހިދުމަތްތަކެއް ކޮށްދޭނެ ކަމުގެ އުންމީދުގައި. ނަމަވެސް މި ވެރިކަމަށް ދެ އަހަރާއި ހަތަރު މަސް ވެގެން ދިޔައިރު ފެންނަނީ މުޅިން ތަފާތު މަންޒަރެއް،" ސޯލިހު ވިދާޅުވިއެވެ.
މުއިއްޒު ޑިމޮކްރެޓިކް ނިޒާމު ހަރާބު ކުރުމަށްޓަކައި ކުރައްވާފައިވާ ބައެއް ކަންކަން ސޯލިހު ފާހަގަ ކުރެއްވި އެވެ.
އޭގެ ތެރޭގައި އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ގެއްލުވާލައި، މުއިއްޒު ބޭނުންވާ ބަޔަކު ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކުރުމާއި ރައްޔިތުންގެ މެންބަރުންނަށް މިނިވަންކަމާއެކު ވޯޓު ނުދެވޭ ގޮތަށް "އެންޓި-ޑިފެކްޝަން" ގާނޫނުގެ ބޭނުން ހިފައި، ރައްޔިތުންގެ މަންދޫބުންގެ ބާރު ކަނޑުވާލުމާއި ޝަރުއީ ދާއިރާއަށް އިތުބާރު އުފެދެމުން ދަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށް، އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވުން ހިމެނެ ކަމަށް ސޯލހު ފާހަގަ ކުރެއްވި އެވެ.
އަދި ކައުންސިލްތަކުގެ ފަހު އަހަރު ބާރުތައް ހަނިކޮށް، ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ސޯލިހު ތުހުމަތު ކުރެއްވި އެވެ.
"މުޅި ނިޒާމު ހަރާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވީ. ޖަވާބުދާރީ ކުރުވުމުގެ މުޅި ނިޒާމު އެމަނިކުފާނު އެ ގެންދަވަނީ ރޫޅާލަމުން. ދެން ކުރެއްވި ކަމަކީ ތިޔަ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ތިބޭފުޅުންގެ މަންދޫބުންގެ ބާރު ކަނޑުވާލުން،" ސޯލިހު ވިދާޅުވި އެވެ.
މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އެތައް ބަޔަކު ގުރުބާން ވެގެން ގެނައި ޑިމޮކްރެޓިކް ނިޒާމު ރޫޅާލައި ހުދުމުހުތާރު ވެރިކަމެއް ގެނައުމަށް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
އެގޮތުން އޭޕްރީލް 4 ގައި ބާއްވާ ވޯޓަކީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމުގެ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުން ބަސް ބުނުމުގެ ބާރު ނައްތާލުމަށްޓަކައި ދެ އިންތިހާބު އެއްކޮށްލުމަށް ބާއްވާ ވޯޓެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެ ދުވަހު އިންތިހާބުގައި ވޯޓު ދޭއިރު ދެ އަހަރު ބައިގައި ކުރައްވާފައިވާ ކަންކަމާއި ކުޅުދުއްފުށި ހިމެނޭހެން އެހެން ރަށްރަށަށް ވެފައި ވެފައިވާ އިހުމާލުތަކަށް ވެސް ވިސްނުމަށް ސޯލުހު އެދިވަޑައިގަތެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު، ކުޅުދުއްފުށްޓަށް ވެފައިވާ އިހުމާލުތައް ހަނދާންކުރަންޖެހޭ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
ހެޔޮވެރިކަމުގެ ނިޒާމު މުއިއްޒު ރޫޅަމުންދާ ދިއުމަށް ރައްޔިތުން ނުކުމެ ނޫނެކޭ ބުނުމަށް ސޯލިހު ގޮވާލައްވައިފި ހެޔޮވެރިކަމުގެ ނިޒާމު މުއިއްޒު ރޫޅަމުންދާ ދިއުމަށް ރައްޔިތުން ނުކުމެ ނޫނެކޭ ބުނުމަށް ސޯލިހު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ