ޓޫރިޒަމް ދާއިރާގެ މުވައްފަޒުންނަށް ލޯނު ސްކީމެއް

ޓޫރިޒަމް ދާއިރާގެ މުވައްޒަަފުންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ މުވައްޒަފުންނަށް ހޯމް ފައިނޭންސިން ފެސިލިޓީއެެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފި އެވެ.
ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ސްކީމަކީ އަހަރަކު 7.5 ޕަސެންޓްގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތައާރަފުކުރި ސްކީމެއް ކަމަށެވެ. އަދި މިއީ މިހާރު ރާއްޖޭގައި ގެދޮރު ގަތުމަަށާއި ބިނާކުރުމަށް ދޫކުރާ ލޯނުތަކުގެ ތެރެއިން ސަރުކާރުގެ ހިޔާވަހި ފައިނޭންސް ސްކީމު ފިޔަވައި ހިންގާ އެންމެ ލުއި ސްކީމު ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
"މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ." ބޭންކުން ބުންޏެ.
ބީއެމްއެލްގެ ސިއީއޯ/ އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވި މި ސްކީމް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ، ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ސަފާރީ އުޅަނދުފަހަރާއި ހޮޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ މަގުތައް ތަނަވަސް ކުރުމުގެ ގޮތުން ކަމަށެވެ.
View this post on Instagram
A post shared by Bank of Maldives (@bankofmaldives)
"ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް." އޭނަ ވިދާޅުވިއެވެ.
މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އަދި އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށް ވެސް ބަލާނެ އެއެވެ.
މުވައްޒަފުންގެ އާމްދަނީ ވާން ޖެހޭނީ ބީއެމްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ އާމްދަނީއަކަށެވެ.
ބީއެމްއެލް އިސްލާމިކް މެދުވެރިކޮ ށްވެސް މި ފައިނޭންސިން ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ