އައްޑޫގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހިތަދޫއަށް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ އަތޮޅުގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހިތަދޫން ހޯދައިފިއެވެ. އަތޮޅު ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހިތަދޫން ހޯދީ ފައިނަލުގައި މަރަދޫއާ ވާދަކޮށް 5-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ އައްޑު އަތޮޅުގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ޓީމު-- ފޮޓޯ: އިމޭޖަސް އެންމެ ފަހުން ހިތަދޫން އަތޮޅު ތަށި ހޯދާފައިވަނީ 2024 ވަނަ އަހަރު ޕެނަލްޓީގައި ފޭދޫ ބަލިކޮށްގެންނެވެ. މެޗުގައި ހިތަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި އެ ޓީމުގެ އަޙްމަދު އަމްނުގެ ހެޓްރިކެއްވެސް ވަނީ މި މެޗުގައި ފެނިގެންގޮސްފައެވެ. ދެން އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ހާޒިމް ފައުޒީއެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ-- ފޮޓޯ: އިމޭޖަސް އަތޮޅު ބުރުގައި އައްޑޫ ޒޯނުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އިތުރުން އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލުގައި ލަނޑު ޖެހި ހިތަދޫގެ ކެޕްޓަން ހާޒިމް ފައުޒީއެވެ. އޭނާ ވަނީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގައި މަރަދޫގެ ލަނޑުތައް ޖަހާފައިވަނީ މުހައްމަދު ސަހާއު އަލީ އާއި ހަސަން އަތޫފެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހިތަދޫއަށް އެންމެ ދުރަށް ދެވުނީ މުބާރާތުގެ ކުއާޓާ ފައިނަލާ ހަމަޔަށެވެ. އެންމެ ފަހުން އެ ޓީމު ކުއާޓާއިން ބަލިވީ ވިލިމާލެ އަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ