މީހެއްގެ ބޭންކް އެކައުންޓް ހެކްކޮށް، 29،000އަށް ވުރެ ގިނަ ރުފިޔާ ނެގުމުގެ އިތުރުން ވަރަށް ފުޅާކޮށް ސްކޭމް ހިންގަމުން ދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މިދިޔަ އަހަރުގެ 29 ސެޕްޓެމްބަރުގައި ވިޔަފާރިވެރިޔަކަށް ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން، އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކް އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހެޅި ކަމަށެވެ.
އެ މައްސަލަ ހުށައެޅުމާ އެކު އެކަމާ ގުޅިގެން ހައްޔަރުކުރީ:
ނަދީފް މުހައްމަދު، 36، ރަންކޮކާގެ، ގއ. ގެމަނަފުށި
ހައްޔަރުކުރީ 29 ޑިސެމްބަރު 2025ގައި
ތަފްސީލް - ނަދީފްގެ ތަހުގީގުގައި ފުލުހުންނަށް އެެހެން މައްސަލަތައް ވެސް ފާހަގަކުރެވުނެވެ. އެގޮތުން މިހާރު ފުލުހުން ބުނަނީ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ސްކޭމް ހިންގަމުން ދިޔަ މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެކި މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށް އަދި އޭގެ ފަހުން ނަގަ އެވެ. އެގޮތުން:
29،600 އަށް ވުރެ ގިނަ ރުފިޔާ އެކެއްގެ އެކައުންޓަށް ޖަމާކުރި
އެކި ފަހަރު މަތިން 24،700ރ އޭޓީއެމް މެދުވެރިކޮށް ނެގި
4،900 އަށް ވުރެ ގިނަ ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ ފައިސާ ނެގި
އެހެން މީހުންގެ ކޭޝް ކާޑު ހޯދައިގެން ސްކޭމް ހިންގާ
ސްކޭމްގެ ތުހުމަތުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން، ބަންދު މުރާޖައާކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތް ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.
މީހެއްގެ އެކައުންޓް ހެކުކޮށް 29،000އަށް ވުރެ ގިނަ ރުފިޔާ ނެގި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ