ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖުމްހޫރީ ޕާޓީން ނިންމައިފިި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖޭޕީން އެ ނިންމުން ނިންމީ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ކައުންސިލުން ނިންމީ އެ ޕާޓީއަށް ބޮޑު ތާއީދެއް އޮންނަ މާމިގިލީ ދާއިރާއަށް އެކަނި ކެންޑިޑޭޓުން ނެރޭށެވެ.
ދެން ހުރި ހުރިހާ ދާއިރާތަކުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށެވެ.
މާމިގިއްޔަކީ ގާސިމްގެ ބޮޑު އިންވެސްޓްމަންޓްތަކެއް އޮތް އަދި އެމަނިކުފާނު ނިސްބަތްވާ ރަށްވެސް މެ އެވެ. އެ ދާއިރާގެ މެންބަރަކީ ވެސް ގާސިމެވެ.
މި ސަރުކާރުގައި ރަސްމީކޮށް ނުހިމެނުނު ނަމަވެސް ގާސިމްގެ ތާއީދު މި ސަރުކާރަށް ވަރަށް ބޮޑެވެ.
ކައުންސިލް އިންތިހާބުގައި ޖޭޕީގެ ތާއީދު ޕީއެންސީއަށް، ކެންޑިޑޭޓުން ނެރޭނީ މާމިގިއްޔަށް އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ