100،000 ފަތުރުވެރިން އަތުވެއްޖެ، އެއީ %9.9ގެ އިތުރުވުމެއް

އިއްޔެގެ ނިޔަލަށް މި އަަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 100،000 ހުރަސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 18 ދުވަހު ޖުމްލަ 117،532 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %9.9ގެ އިތުރު ވުމެކެވެ.
ތަފްސީލް - އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7،178 ފަތުރުވެރިން ރާއްޖެ އާދެ އެވެ.
އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު 9،596 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިއާއިންނެވެ. އެ ގައުމުން 19،945 ފަތުރުވެރިން އައިސްފައިވެ އެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އައީ:
އިޓަލީ: 14،722 ފަތުރުވެރިން
އިނގިރޭސި ވިލާތް: 11،065
ޗައިނާ: 8،725 
ޖަރުމަނު: 8،028 
އިންޑިއާ: 4،659 
ފްރާންސް: 4،032
އެމެރިކާ: 3،887
ޕޮލެންޑު: 3،253
އޮސްޓްރޭލިއާ: 2،893
ފާހަގަކުރެވޭ - މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައީ 2.2 މިލިއަން ފަތުރުވެރިންނެވެ. މިއީ ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ ޓާގެޓަށް ވުރެ ލައްކައެއްހާ ފަތުރުވެރިން މަދު އަދަދެކެވެ.
މި އަހަރު ރާއްޖެއިން އަމާޒު ހިފާފައިވަނީ 2.4 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ