ފްލެޓަށް 399 ފޯމު، ގޯއްޗަށް 119 ފޯމު ހުށަހަޅައިފި

މި ސަރުކާރުން އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރާ ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވައިލިތާ 24 ގަޑިއިރު ތެރޭގައި 518 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފަައިވާކމަަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. ހައުސިން މިނިސްޓްރީން ބުނީ އެއީ އިއްޔެ ހެނދުނު 9:00 ގައި އެކަމަށް ހުޅުވައިލުމާ ގުޅިގެން 24 ގަޑިއިރު ހަމަވި އިރު ލިބުނު އެޕްލިކޭޝަންތައް ކަމަށެވެ. އަދި މިހާރު ޑްރާފްޓް މަރުހަލާގައި 3،836 އެޕްލިކޭޝަން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.ފޯމު ހުށައެޅުމުގެ ސުންގަޑިތަކަށް ބަލާ އިރު، ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މާޗް މަހުގެ 4 ވަނަ ދުވަހުގެ ރޭ ރޭގަނޑު 12:00 އަށެވެ. ފްލެޓްތަކަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ އެޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އަށެވެ.ގްރޭޓަ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ