ޓުޗެލް، އިންގްލެންޑްގެ ކޮންޓްރެކްޓް އާ ކޮށްފި ޓުޗެލް، އިންގްލެންޑްގެ ކޮންޓްރެކްޓް އާ ކޮށްފި

ލަންޑަން (ފެބްރުއަރީ 13) - އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް، އެ ޓީމާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ބޮރޫޝިއާ ޑޯޓްމަންޑް، ޗެލްސީ އަދި ޕީއެސްޖީގެ ކުރީގެ ކޯޗު ޓުޗެލް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިންްގްލެންޑްގެ ކޯޗުކަމާ ހަވާލުވީ، މި އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އިންގްލެންޑުން މި ވަނީ، ޔޫރޯ 2028 ގެ ނިޔަލަށް އިންގްލެންޑާ އެކު، އެއްބަސްވުން އާ ކޮށްފަ އެވެ.
އިންގްލެންޑާ އެކު، ކޮންޓްރެކްޓް އާ ކުރުމަށް ފަހު ޓުޗެލް ބުނީ އެ ޓީމުގައި މިހާތަނަށް ހޭދަކުރި ކޮންމެ ވަގުތެއްގައި ވެސް ކުރީ ޝައުގުވެރި މަސައްކަތެއް ކަމަށާއި އިތުރަށް ކުރިއަށް ދިއުމަށް ދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
ޓުޗެލްގެ ކޯޗުކަމުގައި މިހާތަނަށް އިންގްލެންޑުން ނުކުތް 10 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ މޮޅުވެފަ އެވެ. އިންގްލެންޑް ބަލިވީ އެކުވެރިކަމުގެ މެޗެއްގައި ސެނެގާލް އަތުންނެވެ.
އާ ކޮންޓްރެކްޓެއް ޓުޗެލް އަށް ދިނުމުގައި އިންގްލެންޑުން އެންމެ ބޮޑަށް ބެލީ، އެ ގައުމުގައި 2028 ގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތައްޔާރީތައް ދުރާލައި ކުރިއަށްގެންދިއުމަށެވެ. އެ ގޮތުން، ދެން އެންމެ އަވަހަށް ބާއްވާ ޔޫރޯ އޮތީ 2028 ވަނަ އަހަރު އިންގްލެންޑާއި ސްކޮޓްލެންޑް، ވޭލްސް އަދި އަޔަލެންޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ