ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގައި އާރްޑީސީން ތަރައްގީކުރި ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް އާރްޑީސީން ނިންމާލާފައަިވަނީ ގެ 11 ދުވަހުގެ ތެރޭގައެވެ. އަދި އިތުރު މަސައްކަތް ތަކާއެކު، މުޅި ކޯޓުގެ މަސައްކަތް ނިންމާލާފައިވަނީ ދެމަސްދުވަހުންނެވެ.
ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް މެޑަމް ސާޖިދާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއާއި އެވުޒާރާގެ އިސްވެރިން އަދި ރަށުގެ މުއައްސާތަކުގެ އިސްވެރިންނެވެ.
ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ މެޗު އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.
ދ. މީދޫގައި އާރްޑީސީން ތަރައްގީކުރި ވޮލީކޯޓް ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ