ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) ގެ މެންބަރުކަމަށް ހަސަން ޝަފީއު މިއަދު އައްޔަނު ކޮށްފިއެވެ.
އޭނާ އެ މަގާގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ޝަފީއު ސޮއި ކުރައްވާފައިވެއެވެ. އޭނާ އަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ޝަފީއު އަށް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށް ދެއްވައިފައެވެ.
ޖޭއެސްސީގެ މެމްބަރު ކަަމަށް ޝަފީއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ