ޓްރަމްޕްގެ އިންޒާރަކީ މޮޔަ، އަދި ހަމަޖެހުމެއް ނެތް އަމަލެއް: އީރާން

ޓްރަމްޕްގެ އިންޒާރު އައީ އޭނާގެ "ޓްރުތް ސޯޝަލް" ގައެވެ. އޭނާ ބުނެފައިވަނީ ސުލްހައިގެ އެއްބަސްވުމަކަށް ނައިސް، ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހޯމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާނުލައިފިނަމަ އީރާނަށް "އަލިފާނުގެ ވާރޭ" އޮއްސާލާނެ ކަމަށެވެ. މީގެ ކުރިން މާޗް 26 ގައި ޓްރަމްޕް ދިން 10 ދުވަހުގެ މުހުލަތު އަންނަ ހޯމަ ދުވަހުގެ (އޭޕްރީލް 6) ރޭގަނޑު 8 ޖަހާއިރު ހަމަވާނެއެވެ.
ޓްރަމްޕް އީރާނަށް ދިން އާ އިންޒާރެއްގައި ބުނެފައިވަނީ، ހޯމުޒް ކަނޑުއޮޅި ހުޅުވާލުމަށް ނުވަތަ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ދީފައިވާ ވަގުތު ހަމަވާން ބާކީ އޮތީ އެންމެ 48 ގަޑިއިރު ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އީރާނުން ގޮތެއް ނުނިންމައިފިނަމަ، އެ ގައުމުގެ މައްޗަށް ވަރުގަދަ "އަލިފާނުގެ ވާރޭ" އޮއްސާލާނެ ކަމުގެ ބިރުވެރި އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ