ކުޅުދުއްފުށީ ސިޓީގައި އިންނަވާ ހަމައެކަނި ޕީއެންސީގެ މެންބަރު، އިބުރާހިމް އަހުމަދު (އެއްބެ) ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ދާއިރާތަކުގެ ތެރެއިން އެންމެ ވާދަވެރިކޮށްދިޔަ ހުޅަނގު އުތުރުދާއިރާގެ ގޮނޑި، ކާމިޔާބުކުރެއްވި އެއްބެ ލިބިވަޑައިގެންނެވީ 373 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓް ނަޞްރުﷲ އިސްމާއިލަށް ލިބިވަޑައިގެންނެވީ 340 ވޯޓެވެ.
މިއީ ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮށީތަކުގެ ވަގުތީ ނަތީޖާ އެވެ. ކުޅުދުއްފުށީގައި ބެހެއްޓި އެ ދާއިރާއަށް ވޯޓް ލެވޭ ދެ ފޮއްޓަށް ބަލާއިރު އެމްއެންޔޫ ކުލާސް ރޫމް 4 ގައި ބެހެއްޓި ފޮށިން ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގެންނެވީ 172 ވޯޓެވެ.
އެމްއެންޔޫ ކުލާސް ރޫމް 3 ގައި ބެހެއްޓި ފޮށި އެއްބެ ކުރި ހޯދެއްވި އެވެ. އެގޮތުން އެއްބެ އެ ފޮށިން 201 ވޯޓް ލިބިވަޑައިގެންނެވިއިރު ނަޞްރުﷲއަށް ލިބިވަޑައިގެންނެވީ 168 ވޯޓެވެ.
ރަށުން ބޭރުގައި ބަހައްޓާފައިވާ ފޮށިތަކުންވެސް ނަތީޖާ ބަދަލުކުރެވޭނެކަމަކަށް ނުދައްކަ އެވެ.
އެއްބެ، ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ ބައި-އިލެކްޝަންއެއްގެ ތެރެއިން އުތުރު ދާއިރާގެ ގޮނޑިއަށެވެ.
އެއްބެގެ ގޮނޑި ދިފާއުކޮށްފި، ކުޅުދުއްފުށިން ޕީއެންސީއަށް ލިބުނު ހަމައެކަނި ގޮނޑިއަކީ މިއީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ