މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ހުޅުދޫ ކައުންސިލްގެ ރައީސަކަށް އެމްޑީޕީގެ ކެންޑިޑޭޓް ޖާދުﷲ ޖަމީލް އިންތިހާބުވިއިރު، މީދޫ ކައުންސިލްގެ ރައީސަކަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޝާތިރު އިންތިހާބުކޮށްފި އެވެ.
މީދޫ ކައުންސިލްގެ ރައީސަކަށް ޝާތިރު އިންތިހާބުވިއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އާމިނަތު ސާލިހާ އެވެ. ސާލިހާ އަކީ މިހާރު ހިނގަމުން އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ ކައުންސިލަރެވެ.
އަހުމަދު ޝާތިރު
ޖާދުﷲ ހުޅުދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް މޫސާ ސިއްދީގު އާއި ވާދަކޮށެވެ. ހުޅުދޫ ކައުންސިލްގެ ގިނަ ގޮނޑިތަކެއް ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
މިއީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް އުފައްދާ ފުރަތަމަ ފަހަރެވެ.
ހުޅުދޫ ރައީސަކަށް ޖާދުﷲ، މީދޫ ރައީސަކަށް ޝާތިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ