އިސްރާއީލުން ލުބްނާނަށް ހަމަލާދީ 14 މީހުން މަރާލައިފި

އިސްރާއީލާއި ލުބްނާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުގެ ސިފައިން އިއްޔެ ލުބުނާނަށް ހަމަލާދީ 14 މީހަކު މަރާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ހަމަލާތަކަކީ މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލާއި އެމެރިކާގެ ވެރިން މަޝްވަރާކޮށްގެން ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ދެއްކި ނަމަވެސް، ހަގީގަތަކީ ކޮންމެ ދުވަހަކުވެސް ލުބްނާނުގެ އާންމުން މި ހަމަލާތަކުގެ ޝިކާރައަކަށްވެ، ލޭއޮހޮރުވުން ކުރިއަށް ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ