ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން ރައީސް މައުމޫން އާއި ރައީސް މުއިއްޒުގެ މަޝްވަރާތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އެބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ގައުމީ، އިޖްތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން، ނިމުނު ހަފުތާގައި އެ މަނިކުފާނުވަނީ، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އިތުރުން އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާ ވެސް ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުވަނީ ސަރުކާރު ހިންގެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ