ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވި 2 މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، ފިލުވަން އެހީތެރިވީ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓުމަންޓުން ބަލަމުންދާ މައްސަލައެއްގައި ހައްޔަރުގައި ހުރި މީހެކެވެ. މައްސަލައިގެ ތަފްސީލެއް ނެތެވެ.
ތަފްސީލް - މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
އަހުމަދު އުވައިސް، 22، ހ. ލާމިޔާ
މުހައްމަދު އަނޫފް، 25، އިހާޒް/ނ. ވެލިދޫ
ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ބަންދަށް ވަނީ ޖަހާފަ އެވެ. ބަންދު އަމުރުގައި ބުނީ:
ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ކުށް ކުރިކަމުގެ އެކަށީގެންވާ ހެކި ލިބިފައިވޭ
އެކަމާ ގުޅޭ ސީސީޓީވީ ފުޓޭޖު ވެސް ހެކީގެ ގޮތުގައި ލިބިފައިވޭ
މީގެ ތެރެއިން އުވައިސްއަކީ ކުށުގެ ރެކޯޑު އޮތް މީހެއް
ދެ މީހުން ވެސް ބަންދަށް ލުއިދިނުމަށް އެދިފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ