ބޭރުގެ މަސްބޯޓުތަކެއް ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ގދ. އަތޮޅާއި ފުވައްމުލަކާ ދެމެދު ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.އެމްއެންޑީއެފުން ބުނީ ބޭރުގެ ދެ މަސްބޯޓެއް ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން އިރުން ހުޅަނގަށް ދަތުރުކުރަމުންދާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.ބޭރުގެ ދެ މަސްބޯޓެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިހާރު ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ދޭތެރެދޭތެރެއިން ބޭރުގެ މަސްބޯޓު ވަދެ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ މަސްބޯޓުތައް އެމްއެންޑީއެފުން ހުއްޓުވައި ފުލުހުންނާ ހަވާލުކުރެ އެވެ. ގިނަ ފަހަރު މިހެން ވަދެ އުޅެނީ ލަންކާގެ މަސްވެރި ބޯޑު/ދޯނި ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ