ރައީސް ޔާމީންގެ ކެންޑިޑެސީ ގަބޫލުނުކުރި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި!

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގަބޫލު ނުކުރި މައްސަލަ އިދިކޮޅުުން ސްޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ. 
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާއިރު، އީސީން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމައި ޕީޕީއެމަށް ލިޔުން ފޮނުވާފައެވެ.  
"ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެކު، އެ ހުކުމް، ތަންފީޒުކޮށް ނިމިފައި ނުވާ ކަން، ލިބިފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުالله ޔާމިން އަބްދުލްގައްޔޫމް ކިބައިގައި ފުރިހަމަ ނުވުން" ރައީސް ޔާމީން ގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބު ހާމަކޮށް އީސީން ބުނެފައިވެއެވެ.
Advertisement
އެ މައްސަލަ އިދިކޮޅުުން ސްޕްރީމްކޯޓަށް ހުށަ ހަޅާފައިވާއިރު، އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
ގާނޫނު ގައިވާގޮތުން، ކެންޑިޑެސީ ގަބޫލު ނުކުރަން އީސީން ނިންމާ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ