ޔާމީނަކީ ޕާޓީއަކުން ރިޔާސީ ޓިކެޓް އެރުވި ފުރަތަމަ ކެންޑިޑޭޓެވެ. އެންމެ ފުރަތަމަ ކެމްޕޭން ފެއްޓެވީވެސް ޔާމީނެވެ. ޖަލު ހުކުމެއް އައީ އޭގެ ފަހުންނެވެ. ޔާމީނަށް ދެ ފަހަރެއްގެ މަތީން ޖަލު ހުކުމެއް އަތުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން މިއަދު ހުށަހެޅި އާ މައްސަލަ ވެސް އެ ކޯޓުން ބޭރުކޮށްލައިފި އެވެ.
ޔާމީންގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވީ ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ނުހިނގާތީ އެ ހައްގު ކަށަވަރު ކުރުމަށެވެ. އެ މައްސަލަ ކޯޓުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.ޔާމީން ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން އެމަނިކުފާނުގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެކެވެ. އެ މައްސަލަ ވެސް ރަޖިސްޓްރާ ބޭރުކޮށްލީ އެވެ.އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓްގެ ރަޖިސްޓްރާ ނިންމެވި ނިންމުމެވުމުގައި ބުނެފައިވަނީ އެއީ ކޯޓުގެ ގާނޫނު ބަޔާން ކުރާފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމުން މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތު ވެގެނެވެ. ކްރިމިނަލް ކޯޓުން އެ ހުކުން ޖެހީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ. ޔާމީނަކީ ޕާޓީއަކުން ރިޔާސީ ޓިކެޓް އެރުވި ފުރަތަމަ ކެންޑިޑޭޓެވެ. އެންމެ ފުރަތަމަ ކެމްޕޭން ފެއްޓެވީވެސް ޔާމީނެވެ. ޖަލު ހުކުމެއް އައީ އޭގެ ފަހުންނެވެ. ޔާމީނަށް ދެ ފަހަރެއްގެ މަތީން ޖަލު ހުކުމެއް އަތުވެއްޖެ އެވެ. އެމަނިކުފާނު މިހާރު ވަނީ އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުގައި ކަރެކްޝަނަލް ސާވިސްގެ އެހީތެރިކަމާއެކު ސޮއިވެސް ކުރައްވާފަ އެވެ. ޕީޕީއެމް އިން މިހާރު މަސައްކަތް ކުރަމުން ދަނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު ހުށަހެޅުމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔާމީންގެ ފަރާތްޕުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އާ މައްސަލަވެސް ބޭރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ