އެމްއެލްއެސްގައި ކުޅުނު ފުރަތަމަ މެޗުގައި ގްރީޒްމަން ލަނޑު ޖަހައިފި

ފަރަންސޭސިވިލާތުގެ ތަޖްރިބާކާރު ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަންް އެމެރިކާގެ މޭޖަރ ލީގު ސޮކަރގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައިފިއެވެ.
މިސީޒަންގައި އޯލާންޑޯ ސިޓީއަށް ސޮއި ކުރި އުމުރުން 35 އަހަރުގެ ގްރީޒްމަން މިލަނޑު ޖަހައިދީފައިވަނީ އެމްއެލްއެސްގައި އޯލާންޑޯ ސިޓީ އިން 4 ލަނޑު ސުން ލަނޑުން ސެން ހޯޒޭ އަރތުކުއޭކްސް ބަލިކުރި މެޗުގައެވެ. އޯލާންޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އޯލާންޑޯގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 7 ވަނަ މިނެޓުގައި ޑޭވިޑް ބަރެކާލޯއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިވާން އެންގޫލޯއެވެ. މިމެޗުގައި ގްރީޒްމަން ކާމިޔާބު ކުރި ލަނޑު އޯލާންޑޯއަށް ޖަހައިދިނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައެވެ. އަދި އޯލާންޑޯގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރައިއަން އޮޖޭޑާއެވެ. މިމެޗުގައި އޯލަންޑޯގެ އެޑުއާޑް އެޓުއެސްޓާވަނީ ތިން އެސިސްޓް ކޮށްފައެވެ.
އެމްއެލްއެސްގެ ކުޅުން އަލުން ފަށާފައިމިވަނީ ވޯލްޑް ކަޕް އެމެރިކާގައި ބާއްވާތީ 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ