ކަނޑުމަގުން އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މާލެ ކޮމާޝިއަލް ހާބަރުން އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3110 ގްރާމް ހުއްޓެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން ދަނީ ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ