ކޯގަންނަށް ގެއްލުން ދީފި، މައްސަލަ ބަލަނީ

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ގަބުރުސްތާނަށް ގެއްލުން ދީފައިވަނީ މިއަދުގެ ހުކުރު ވަގުތު އެވެ. ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދީފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ގަބުރުސްތާނަށް ގެއްލުން ދީފައިވަނީ މިއަދުގެ ހުކުރު ވަގުތު އެވެ. ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. މިފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ވަރަށް ދެރަ ކަންކަން ކަމަށާ މިއީ ރަށަށާއި އަތޮޅަށާއި ގައުމަށް ވެސް ލިބޭ ބޮޑު ގެެއްލުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.އަދި މިހާރު މިއީ ގާނޫނީ ކުށެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ހަނދާން ކޮށްދީފައެވެ.ތާރީހީ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި ކޯގަންނު ގަބުރުސްތާނަކީ ރާއްޖެ އިސްލާމުވުމަށްފަހު މީހުން ވަޅުލުމަށް ހާއްސަކޮށްގެން ގަބުރުސްތާނެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ހެނދުނު ކަމަށް ބުނާ ގަބުރުސްތާނެކެވެ. އިހުޒަމާނުގައި ހަދާފައިވާ ތަފާތު ވައްތަރުގެ މަހާނަގާތައް އެންމެ ގިނަ އިން ފެންނަ ތަނަކީ ވެސް ކޯގަންނު ގަބުރުސްތާން އެވެ.ކޯގަންނު ގަބުރުސްތާންގައި 1500 އަށް ވުރެ ގިނަ މަހާނާ ހުރިއިރު ރާއްޖޭގައި ފާހަގަކުރެވޭ މަޝްހޫރު ދަންނަ ބޭކަލުން ހާފިޒުން އެ ގަބރުސްތާންގައި ވަޅުލާފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ