އުމްރާ ދަތުރުތައް ފުރަތަމަ ފަހަރަށް އައްޑޫން ސައުދީއަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައްޑޫން ސައުދީ އަރަބިއްޔާއަށް ދާ ފްލައިޓް، އުމްރާގެ އަޅުވެރިންނާ އެކު މިއަދު ފުރައިފި އެވެ.
ވީ ކިހިނެއް؟ - ގަން އިންޓަނޭޝަނަލް އެއާޕޯޓުން، މޯލްޑިވިއަންގެ އޭ 330 ބޯޓު ފުރިއިރު، އެ ދަތުރުގައި 260 މީހުން ބައިވެރިވި އެވެ.
މި ދަތުރުތައް ފެށީ، އުމްރާއަށް މީހުން ގެންދާ ގުރޫޕެއް ކަމަށްވާ ޓްރެވަލާސް މޯލްޑިވްސް އާއި މޯލްޑިވިއަން ގުޅިގެންނެވެ.
މޯލްޑިވިއަނުން ބުނީ މިއަދު ހަމައެކަނި އާ މަންޒިލަކަށް ދަތުރުުތައް ފެށުނީ ނޫން ކަމަށާއި މިއީ އިިތުރު ފުރުސަތުތަކެއް ހުޅުވި، މޯލްޑިވިއަންގެ ކާމިޔާބީއަށް އިތުރުވި އާ ލަނޑުދަނޑިއެއް ކަމަށެވެ.
މި ތާރީހީ ދަތުރުގެ ކާމިޔާބީ، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސީދާ އައްޑޫން އުމްރާ ދަތުރުތައް ފެށުމަކީ އައްޑު އާއި ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
"މިކަން ފަހިކޮށްދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވަމެވެ،" އެކްސްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ