ޕީއެންސީގެ މާރާމާރީ ހުއްޓުވަން އުޅުނު ފުލުހުންނަށް ވެސް ބައެއް މީހުން ހުރަސްއެޅި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ
އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔަ ހުޅުމާލޭގެ ކާމިލު ދީދީ ސްކޫލުގައި އެ ޕާޓީގެ މެންބަރުން
ރޭ ހިންގި މާރާމާރީގައި ފުލުހުންނަށް ވެސް ހުރަސްއެޅިކަން އެނގިއްޖެ އެވެ. 
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މާރާމާރީ ހުއްޓުވަން މަސައްކަތްކުރި ފުލުހުންގެ ވާޖިބު އަދާކުރަން ޕީއެންސީގެ ބައެއް މެންބަރުން ހުރަސްއަޅައި، ފުލުހުންގެ ގަޔަށް އަތްލާފައިވެ އެވެ. 
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MGH Group of Companies
މި މަރާމާރީއާ ގުޅިގެން ފުލުހުން ބުނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓު ގުނުން ކުރިއަށްދިޔަ ސްކޫލަށާއި ސްކޫލުގެ މުދަލަށް ބަޔަކު ގެއްލުންދީ، އެތަނުގައި ތިބި
މީހުންނާމެދު މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
"ސިޔާސީ ޕާޓީ އެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް
ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، 2026 ޖުލައި
11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ
މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް
ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ
އެވެ. ހަމަނުޖެހުން ހިންގުމުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނާއި ސަރުކާރު މަގާމުތަކުގައި ތިބި ސިޔާސީ މުވައްޒަފުން ހިމެނޭ ކަމަށް އެތަނުގައި ހަރަކާތްތެރިވި  އަދަދުގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ. 
އެ ހަމަނުޖެހުމުގައި ކާމިލުދީދީ ސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ
ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިން
ގޮތުގައި އެ ސްކޫލުގެ ބައެއް ގޮނޑި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. 
ޕީއެންސީގެ ލީޑާޝިޕްގެ ހާޒިރުގައި އެ ފޮށި ގުނާފައިވާއިރު މައުލޫމާތު
ލިބިފައިވާ ގޮތުގައި އެ ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރީ މަލްޝާ ޝަރީފެވެ. 
ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކުގެ އެކި މަގާމުތަކަށް 2,500
އަށްވުރެ ގިނަ މީހުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން
ބައެއް މަގާމުތަކަށް އިންތިހާބަކާ ނުލައި މީހުން ވަނީ ހޮވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ