ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ޑރ. ނަޒްމުލް އިސްލާމް ވިދާޅުވެއްޖެ އެވެ.
ޑރ. ނަޒްމުލް ހުކުރު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކޮށް އޭގައި ހުރި ކަންކަން ތަންފީޒު ކުރުން އަވަސް ކުރަން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MGH Group of Companies
MGH Group of Companies
ބަންގްލަދޭޝްގެ އެމްބެސެޑަރު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ހިއުމެނެޓޭރިއަން ނުވަތަ އިންސާނިއްޔަތުގެ ސަބަބުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ޖަލުގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން އެ ގައުމުގެ ޖަލުތަކަށް ބަދަލު ކުރެވޭ ކަމަށެވެ.
އެ އެއްބަސްވުން އެކުލަވާލުމުގެ މަރުހަލާގައި އެމްބެސެޑަރު ވަނީ މާފުށި ޖަލަށް ޒިޔާރަތް ކުރައްވާ، އެތަނުގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލު ބައްލަވައިފަ އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ބަންގްލަދޭޝް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޑރ. ނަޒްމުލް ވިދާޅުވެފައިވެ އެވެ.
މާފުށީ ޖަލުގައި ބަންގްލަދޭޝްގެ 44 ރައްޔިތުން މިވަގުތު އެބަތިއްބެވެ. އޭގެ ތެރެއިން 34 މީހުންނަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. ބާކީ ތިބި 10 މީހުންނަކީ ބަންދު ޖަހާފައި ތިބި މީހުންނެވެ.
ގައިދީންނާ ބައްދަލު ކުރެއްވުމަށްފަހު އެމްބެސެޑަރު ވަނީ ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ނަޒްމުލް ވަނީ ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުށާއި ގައިދީންގެ ޖަލުގައި ލިބެންޖެހޭ ތަކެތި ކަށަވަރުކޮށްދިނުމަށް އެދިވަޑައިގަނެފަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ