ކާމިލްދީދީ ޕްރީސްކޫލުގައި މާރާމާރީ ހިންގައި ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި ޕީއެންސީ ހަނު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔަ ހުޅުމާލޭ ކާމިލު ދީދީ ސްކޫލުގައި ހިންގި ހަމަނުޖެހުމުގައި އެ ސްކޫލުގެ ބައެއް ތަކެއްޗަށާއި ސްކޫލަށް ގެއްލުންދިން މައްސަލައިގައި އެއްޗެއް ބުނަން އެ ޕާޓީގެ ލީޑަޝިޕުން ދެކޮޅުހަދައިފި އެވެ.
ކާމިލު ދީދީ ޕްރީސްކޫލުގައި ހަމަނުޖެހުން ހިންގީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ނައިބުރައީސް ކަމަށް ކުރިމަތިލި މީހުންގެ ވޯޓު ގުނުން ކުރިއަށްދިޔަ ވަގުތު އެވެ. އެ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގަ ހަމަލާ ބަދަލުކޮށް އެކަކު އަނެކަކަށް ހަމަލާ ދީފައިވެ އެވެ. ހަމަނުޖެހުމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
އެ ހަމަނުޖެހުމުގެ ތެރެއިން، އެ ސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި އެ ސްކޫލުގެ ބައެއް ގޮނޑި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ނަމަވެސް، އެ ގެއްލުމަށް ޕީއެންސީން ޒިންމާވާނެތޯ އާއި އެ ސްކޫލަށް ލިބުނު ގެއްލުން އެ ޕާޓީން މަރާމާތު ކުރާނެތޯ ސުވާލުކުރުމުން، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
އަބްދުއްރަހީމް އާއި ފަލާހު އެ ސްކޫލަށް ވަޑައިގަތީ އެ ތަނުގެ މަސްލަހަތު ގެއްލި މާރާމާރީ ހިންގުމާ ގުޅިގެން ވޯޓު ގުނުން ހުއްޓިފައި އޮއްވަ އެވެ. އެ ދާއިރާގެ ވޯޓު ފަހުން ގުނާފައި ވަނީ އެ ދެ ބޭފުޅުންގެ ހާޒިރުގަ އެވެ. 
އެ ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރީ މަލްޝާ ޝަރީފެވެ.
ކާމިލްދީދީ ޕްރީސްކޫލްގައި ރޭ ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ރައީސް އޮފީހުގެ ބައެއް މުވައްޒަފުން ވެސް އެ މާރާމާރީގައި ބައިވެރިވާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ