ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދޭން މިނިސްޓްރީން އެއްބަސްވެއްޖެ

ކުރިޔަށް އޮތް 10 ދުވަސް ތެރޭގައި މާލެ އަތޮޅު ރައްތަކުގެ ކަރަންޓު އަގުބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދަދިނުމަށް އެންވާރަމަންޓް މިނިސްޓްރީ އިން އެއްބަސްވެއްޖެ އެވެ.
އެންވާރަންމަންޓް އިން މިގޮތަށް އެއްބަސްވީ، އެ އަތޮޅު ރަށްތަކުގެ ކައުންސިލް މެމްބަރުންގެ ޓީމެއް މާލެ އައިސް އެންވާރަމަންޓް މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމުންނެވެ. އެ ބައްދަލުވުމަށްފަހު އެންވާރަމަންޓް މިނިސްޓްރީ އިމާރާތުގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ގުރާދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ ބައްދަލުވުމުގައި އެންވާރަމަންޓް މިިނިސްޓްރީ ފަރާތުން ޑިމާންޑުތަކަކަށް އެދިފައިވާ ކަމަށާއި އެގޮތުން މިހާރު ރަށްތަކުގައި ހުރި ރޭޓް ރަނގަޅު ކުރުން ނުވަތަ މާލޭގެ ރޭޓްއަށް ކަރަންޓުގެ އަގު ކުޑަ ކުރަން އެދިފައިވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އެންވާރަމަންޓް މިނިސްޓްރީ އިން އެއްބަސްވީ އިތުރު މަޝްވަރާއެއް ސްޓެލްކޯއާއެކު ވެސް ބާއްވައި 10 ދުވަސް ތެރޭގައި ކަރަންޓުގެ މައްސަލައަށް ރަނގަޅު ހައްލެއް ގެނައުމަށް ކަމަށެވެ.
"މާލެ އަތޮޅު ކަރަންޓުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފަ. 7000 ރުފިޔާގެ ބިލުތައް މިހާރު ހުރީ 16000 ގައި. ސަރުކާރުން ގެނައި މި ބަދަލާއި ގުޅިގެން ދެބައި ކުޅަ އެއްބައި ކަރަންޓުން މިވީ ބޮޑު. އެހެންވެ އެކަމާއި މަޝްވަރާކޮށް އަޅުގަނޑުމެންނަށް މިހާރު މި އަލިމަގެއް ފެނުނީ މާލެ އަތޮޅުގެ ރަށްތަކަށް އެކަށީގެންވާ ހައްލެއް ސަރުކާރުން ދޭނެ ކަމަށް،"
މި މައްސަލައާ ގުޅިގެން ކ. އަތޮޅުގެ ބައެއް ރަށްތަކުގައި މުޒާހަރާ ކުރަމުންދާ މައްސަލައަށް އިޝާރަތްކޮށް ޔާމިން ވިދާޅުވީ އެ ފަރާތްތަށް ކައުންސިލަށް އަދި ސަރުކާރަށް 10 ދުވަސް ދީ މުޒާހަރާ މަޑު ޖައްސާލުމަށް އެދޭ ކަމަށެވެ. ޔަމީން ވިދާޅުވީ ކައުންސިލްތަކުގެ ޓީމުން މާލެ އައިސް ހޯމް މިނިސްޓަރާއި ވެސް ބައްދަލު ކުރެއްވި ކަމަށާއި އަދި ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސްއާ ހަމައަށް ގެންދަވާނެ ކަމުގެ އިޝާރާތެއް މިނިސްޓަރު އުމަރު ދެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ