ހުޅުމާލެ އަކީ ވަކި ސިޓީއަކަށް ހަދައި، އެ ރަށުގައި ހުޅުމާލެ ސިޓީ ކައުންސިލް ގާއިމް ކުރަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަހްމަދު ޝަމްހީދު އިއްޔެ ގޮވައިލި އެވެ.
ޝަމްހީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ސުޕަ މެޖޯރިޓީން ހުޅުމާލޭގެ ކުރިއެރުމަށް އިސްކަން ނުދީފާނެ ކަމަށެވެ. ލޯކަލް ގަވަނަންސް ފޯރުކޮށްދޭން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ އެތަނެއްގެ މީހުން ވެސް ދަންނަ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލެއާ ވަކިން ހުޅުމާލޭގައި މިނިވަން ވަކި ސިޓީ ކައުންސިލެއް އޮންނަން ޖެހޭ. މާލެ ސިޓީ ކައުންސިލުގެ ސުޕަ މެޖޯރިޓީން ހުޅުމާލޭގެ ކުރިއެރުމަށް އިސްކަން ނުދީފާނެ. އެހެން ބަޔަކު ބަސް ކިޔުން ހަމައެއް ނުޖެހޭ. ލޯކަލް ގަވަނަންސް ފޯރުކޮށްދޭން ޖެހޭނީ އެބަޔަކު ދިރިއުޅޭ ތަނަކަށް،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްގެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގައި ވަކި ކައުންސިލެއް ހެދުން ހިމެނުމަށް ޝަމްހީދު ވަނީ މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފަ އެވެ.
ހުޅުމާލޭގައި ވަކި ކައުންސިލެއް ހަދަން ޝަމްހީދު ގޮވާލައްވާފައި މިވަނީ އައްޑޫ ސިޓީން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކުރަން މިދިޔަ މަހުގެ 25، ގައި އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި ވަނިކޮށެވެ.
އެ ވޯޓުގައި ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލެއް ހަދަން އެ ރަށްރަށުން ވޯޓުން ދިންއިރު، ފޭދޫ ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ވޯޓު ދިނީ ފޭދޫގައި ވަކި ކައުންސިލެއް ހެދުމާ ދެކޮޅަށެވެ.
ހުލާސާކޮށް އިއްޔެ: ހުޅުމާލެ ސިޓީ ކައުންސިލް އުފައްދަން ގޮވާލުން ހުލާސާކޮށް އިއްޔެ: ހުޅުމާލެ ސިޓީ ކައުންސިލް އުފައްދަން ގޮވާލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ