މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދުން ކޮޅުވެއްޓިއެއް އިއްޔެ ބަންޑުން ޖަހާލި ހާދިސާއާ ގުޅޭ އެތެރޭގެ ތަހުގީގެއް އެމްޕީއެލް އިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ އިއްޔެ ހަވީރު 3:44 ހާއިރު އެވެ.
ޖުމްލަ 14 މީހަކު ތިބި މި ކޮޅުވެއްޓި ބަންޑުން ޖަހާލުމާ ގުޅިގެން ފަރުވާއަށް ހަ މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވެ އެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ.
މީގެ ތެރެއިން އެއް ދިވެއްސަކާއި ބިދޭސީއަކު ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.
ދެން ތިބި މީހުން މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފަ އެވެ.
ބުނީ ކީކޭ؟ - މި ހާދިސާއާ ގުޅިގެން މިއަދު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާގައި މަރުވި މުވައްޒަފުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފަ އެވެ. އަދި ހާދިސާ ތަހުގީގުކޮށް، އެކަމާ ގުޅޭ މައުލޫމާތު އާންމުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ތަނުން ދީފައިވެ އެވެ.
"ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން މި ކުންފުނީގެ ޑިޕާޓުމަންޓުތަކުން މިހާރު ވަނީ އެތެރޭގެ ތަހުގީގެއް ފަށައިފަ އެވެ. އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާންމުކުރާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ:
މި ހާދިސާގައި މަރުވި ބަގްލަދޭޝްއަށް ނިސްބަތްވާ މަސްއޫދު ހޮސެއިން، 32، ވަނީއ އެ ކުންފުނީގެ ލޭބަރެއްގެ މަގާމުގައި ތިން އަހަރަށް ވުރެ ގިނަ މުއްދަތަށް ހިދުމަތް ކޮށްދީފައި
މަރުވި އަލީ އަފްލާހް އަބްދުﷲ، 25، ލޭބަރެއްގެ ގޮތުގައި އެމްޕީއެލްއާ ގުޅުނީ މިދިޔަ ޑިސެމްބަރުގައި
މި ހިތާމަވެރި ހާދިސާގައި މަރުވި ދެ މުވައްޒަފުންގެ އާއިލާއަށް އެ ކުންފުނީގެ ނަމުގައި ތައުޒިޔާކިޔާފައިވޭ
ކޮޅުވެއްޓި ބަންޑުން ޖަހާލުން: އެމްޕީއެލްއިން އެތެރޭގެ ތަހުގީގެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ