ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މުވައްޒަފުން މަރުވި ހާދިސާ އެމްޕީއެލުން ބަލަނީ

މާލޭގައި ހުންނަ އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ނިޔާވި މައްސަލަ، އެމްޕީއެލުން ބަލަން ފަށައިފިއެވެ. ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ހަ މީހަކަށް ފަރުވާދިން އިރު، އޭގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުالله އާއި ބަންގްލަދޭޝްގެ އުމުރުން 32 އަހަރުގެ މަސޫދު ހޮސައިނެވެ. އޭގެ ތެރެއިން މަސޫދު އިއްޔެ ހަވީރު ނިޔާވިއިރު އަފްލާހު ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. https://sun.mv/213445 ދެ މީހުންނަށް ލިބުނު އަނިޔާތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ނުކުރެއެވެ. މި ހާދިސާއާ ގުޅޭގޮތުން މާ ބޮޑު ތަފްސީލެއް ނުދިން ނަމަވެސް އެމްޕީއެލުން މިއަދު ބުނީ، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ތަހްގީގުން އެނގޭ މައުލޫމާތުތަކަށް ރިއާޔަތްކޮށް އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް، އެމްޕީއެލުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު މެދުތެރޭގައި މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ