މުއިއްޒުގެ ޖަލްސާގައި ފުވައްމުލަކު މޭޔަރަށް ވާހަކަ ދައްކަން ފުރުސަތު ނުދިން މުއިއްޒުގެ ޖަލްސާގައި ފުވައްމުލަކު މޭޔަރަށް ވާހަކަ ދައްކަން ފުރުސަތު ނުދިން

ރައީސް މުހައްމަދު މުއިއްޒު އިއްޔެ ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީއުއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ، ޖަލްސާ ނިންމާލައިފި އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ނަން ނުޖަހާ ގޮތަށް އަދަދު އަށް މައުލޫމާތު ދެމުން ބުނީ، ފުރަތަމަ އޮތީ މުއިއްޒުގެ ޖަލްސާގައި މޭޔަރު ވާހަކަ ދައްކަވާ ގޮތަށެވެ. ނަމަވެސް ވަގުތު ސަލާމަތް ކުރަން ކަމަށް ބުނެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭ ގޮތަށް ނިންމީ ކަމަށް އޭނާ ބުންޏެވެ.
ހަމަ އެހެންމެ، އެ ރަށުގައި ޕްރޮޖެކްޓުތައް ފަށަން ބޭއްވި އެއްވެސް ހަފުލާއެއްގައި ބައިވެރިވާން ފުރުސަތު ދިނުން ފިޔަވައި އިތުރު ކަމެއް ކުރަން ފުރުސަތެއް ނުދޭ ކަމަށެވެ.
"ބިންގާ އެޅި ތަންތަނަށް ވެސް ދިޔަ. ބާލިދީ ގަނޑެއް ވެސް ނުދިން. ރަސްމިއްޔާތެއްގައި ވަޑައިގެންތިއްބެވި ބޭފުޅުންގެ ނަން ކިޔާއިރު ވެސް މޭޔަރުގެ ނަން ވެސް ނުކިޔާ،" އެ މީހާ ބުންޏެވެ.
މުއިއްޒުގެ ފުވައްމުލަކު ދަތުރުގެ ތެރެއިން ބޭއްވި ހަރަކާތްތަކުން މޭޔަރަށް ފުރުސަތު ނުދޭން ނިންމިއިރު، ކައުންސިލުން ވާނީ ރައީސްގެ ދަތުރަށް ފުރިހަމައަށް އެއްބާރުލުން ދީފަ އެވެ.
އެ ގޮތުން ޖަލްސާ އާއި ހަފުލާތަކުގައި ގުރުއާން ކިޔަވާނެ ކުދިންނާއި ހުށަހަޅައިދޭނެ އެމްސީން ވެސް ހޯދައިދިނީ ކައުންސިލުން ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި ބައެއް ކަންކަމުގައި މޭޔަރު ބައިވެރިނުކުރީ އެޖެންޑާގައި ހިމެނުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.
މޭޔަރަށް ވާހަކަ ދައްކަން ފުރުސަތު ނުދިން ނަމަވެސް، ފުވައްމުލަކު ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ފިކުރުގެ ދެ މެންބަރުންނަށް ވާހަކަ ދައްކަން ފުރުސަތު ދިނެވެ.
ސަރުކާރުގެ ރަސްމީ ކަންކަމުން އިދިކޮޅު ފިކުރުގެ އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ބާކިކުރަން ފެށީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަލްސާތަކުގައި ވާހަކަ ދައްކަން ފެށުމުންނެވެ. މި މައްސަލަތައް އެންމެ އާންމުވީ ކައުންސިލުތަކުގެ ބާރު ހަނިވާ ގޮތަށް ލާމަޒުކަޒީ ގާނޫނު އިސްލާހުކުރިއިރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ