ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި 60 މީހަކު މަރުވެއްޖެ

ފިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް 66 މީހަކު މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ހިޖުރަ ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ތޫފާން ކަލްމޭގީގެ ސަބަބުން މެދު ތެރޭގެ ވަރަށް ބޮޑު އާބާދީައެއް އޮންނަ ރަށް، ސެބޫގެ މުޅި އަވަށް ވަނީ ފެނުއަޑީގަ އެވެ. ސިވިލް ޑިފެންސް އޮފިޝަލަކު ރޭޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ އިތުރު 26 މީހަކު ގެއްލިފައިވާ ކަމަށެވެ. މަރުވި 66 މީހުންގެ ތެރެއިން 49 މީހަކީ އެ އަވަށަށް ނިސްބަތްވާ މީހުންނެވެ.
އެ ވީޑިއޯތަކުން ފެންނަ ގޮތުގައި މީހުން ފުރާޅު މަތީގައި ހިޔާވަހިކަން ހޯދާ މަންޒަރު ފެންނަ އިރު، ކާރުތަކާއި ބޮޑެތި ކޮންޓެއިނަރުތައް މަގުމަތިން އޮޔާދާ މަންޒަރު ފެނެ އެވެ.
މަރުވި މީހުންގެ ތެރޭގައި ސެބޫގެ ދެކުނުގައި އޮންނަ މިންޑަނާއޯ ރަށަށް ވެއްޓުނު އަސްކަރީ ހެލިކޮޕްޓަރެއްގެ ހަ ފަޅުވެރިން ހިމެނެ އެވެ.
އަންގާރަ ދުވަހު ވެއްޓުނު ހެލިކޮޕްޓަރަކީ މީހުން ސަލާމަރތް ކުރުމަށް ހަރަކާތްތެރިވި ހަތަރު ހެލިކޮޕްޓަރުން އެއް ހެލިކޮޕްޓަރެވެ. އޭގެ ފަހުން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ޕައިލެޓާ އެކު ހަ ކްރޫއެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ޓީނޯ ނަމަކަށް ކިޔާ ތޫފާން މިއަދު ހެނދުނުގެ ވަގުތަށް ބިންދައިގެން ދިއުމާ ގުޅިގެން އެ ތޫފާނުގެ ބާރު ވަނީ ގެއްލިފަ އެވެ.
އެ ތޫފާން މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ބަލިވެފަ އެވެ. ނަމަވެސް އަދިވެސް ގަޑިއަކު 80 މޭލުގެ ބާރު މިނުގައި ވައި ޖެހެ އެވެ.
އެ ބޯޓު ވިސާޔާސް ހުރަސްކޮށް ދެކުނު ޗައިނާ ކަނޑާއި ހަމައަށް ފޯރާނެ ކަމަށް ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ