ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިސްވެސްޓްކޮށްގެން ޓެކްސް ލުއިތަކެއް ދިނުމަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެސްއީޒެޑް ގާނޫނަށް މިދިޔަ މަހު 20ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
އެ ބިލު އަވަސްކޮށް ނިންމުމަށްޓަކައި އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެއް ދުވަސް ތެރޭ މަސައްކަތް ނިންމައި، މިއަދުގެ ޖަލްސާގައި ތަޅުމަށް ފޮނުވާފަ އެވެ.
ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި އޮތީ:
ދެމެހެއްޓެނިވި ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް
ތަފްސީލު - މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް ބިލު، މަޖިލީހުން ފާސްކޮށްފައި ވަނީ، 46 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދިނީ، 10 މެންބަރުންނެވެ.
ބިލުގައިވާ ގޮތުން 'ސަސްޓެއިނަބަލް ޓައުންޝިޕް' އަކީ:
އެއް މެނޭޖްމަންޓަކުން ކަނޑައެޅޭ ވަކި ޒޯނެއްގައި ބިލުގައި ބަޔާންކުރާ ވަސީލަތްތަކާއި ހިދުމަތްތަކާ އެކު ގާއިމް ކުރާ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމަންޓެއް
އެތަނަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި ދިރިއުޅޭވޭނެ ވަސީލްތަތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކަށް ގާއިމް ކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވާން ޖެހޭ
މިގޮތަށް ތަރައްގީ ކުރުމަށް ހުއްދަ ދޭ ޝަރުތުތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދަކަށް ވާން ޖެހޭ
ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނެއް ގާއިމް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމް ކުރުން
ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އެ ޒޯނުގައި ގާއިމު ކުރުން
ޒޯންގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށްވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 އިއާދަކުރަނިވި ހަކަތައަށްވުން
ރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތީގެ އަދަދު މަދުކޮށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން
ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން
އިސްލާހުގައިވާ ގޮތުން، މިގޮތަށް އުފައްދާ ޓައުންޝިޕް ޒޯނަށް ނުވަތަ އެ ޒޯނެއްގެ ޑިވޮލަޕަރަށް ނުވަތަ އެފަދަ ޒޯނެއްގައި އިންވެސްޓަރުންނަށް ހާއްސަ އިނާޔަތްތަކެއް ނުވަތަ ލުއިތަކެއް ދިނުމަށް ކަނޑައަޅާފައިވެ އެވެ.
އެގޮތުން:
ސްޓްރާޓާ އުސޫލުން ދިގު މުއްދަތައް ވިލާތައް ވިއްކާފައި ދައްކަން ޖެހޭ ޕްރޮޕަޓީ ޓެކްސް ފުރަތަމަ ފަށާއިރު ވަރަށް ކުޑަކޮށް؛ އެއީ ފުރަތަމަ މުއަމަލާތުން %1، ދެވަނަ މުއާމަލާތުން %2 އަދި ތިން ވަނަ އަދި އޭގެ ފަހުން ކުރާ ކޮންމެ މުއާމަލާތަކުން %4
އާމްދަނީން ޓެކްސްގެ ނުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްއަށްވެސް ލުއިދިނުމަށް ހިމަނާފައިވޭ؛ އެއީ، ފުރަތަމަ10 އަހަރަށް %5، އޭގެ ފަހުން20 ވަނަ އަހަރުގެ ނިޔަލަށް %10، އަދި 21 އަހަރު ފަހުން ނަގާނީ ގާނޫނުގައި އެހެން ހިދުމަތްތަކުންވެސް ޓެކްސް ނަގާ ރޭޓުން
ޒޯންގައި ތަރަައްގީކުރުމަށްޓަކައި އެތެރެ ކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާ ވާނެ
ޓެކްސް ލުއި ލިބޭ އެސްއީޒެޑް އިސްލާހު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ