ލަންޑަން (އޮކްޓޫބަރު 25) - މި ވަގުތު ތާވަލުގެ ތިން ވަނައިގައި ރެޑްބުލްގެ ރޭސަަރު، މެކްސް ވާސްޓެޕަން އޮތް ނަމަވެސް އޭނާއާ މެދު ފަަސޭހަކޮށް ވިސްނައިގެން ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ، ލީގުގެ ކުރީގައި އޮތް މެކްލަރެންގެ ދެ ރޭސަރުން ކަމަށްވާ އޮސްކާ ޕިއާސްޓްރީ އާއި ލަންޑޯ ނޮރިސް އަށް ލެޖެންޑަރީ ތަރި، ލެވިސް ހެމިލްޓަން އިންޒާރެއް ދީފި އެވެ.
ފޯމިއުލާ ވަން ރޭސިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ، ހެމިލްޓަން ބުނީ، ވާސްޓެޕަން އަކީ އަދިވެސް މިހާރު އޮތް ހާލަތު ބަދަލުކުރެވޭނެ ރޭސަރެއް ކަމަށް ބުނެފަ އެވެ. ސީޒަނުގެ ފަހު ފަސް ރޭހާ ކުރިމަތިލާއިރު، މި ވަގުތު ތާވަލުގެ އެއް ވަނައިގައި އޮތީ ހަތް ރޭސް ކާމިޔާބުކޮށް، 346 ޕޮއިންޓް ހޯދާފައިވާ ޕިއާސްޓްރީ އެވެ. ދެ ވަނައިގައި އޮތް އިންގްލެންޑްގެ ނޮރިސް އަށް ފަސް ރޭސް ކާމިޔާބުކޮށް، 15 ޕޯޑިއަމް ފިނިޝާ އެކު، 332 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި، ތިން ވަަނައިގައި ވާސްޓެޕަން އޮތީ ފަސް ރޭސް ކާމިޔާބުކޮށް، 10 ޕޯޑިއަމް ފިނިޝާ އެކު، 306 ޕޮއިންޓް ހޯދައިގެންނެވެ.
ހެމިލްޓަން ބުނީ، މިދިޔަ އަހަރުތަކުގައި ވާސްޓެޕަން ކާމިޔާބު ހޯދީ ޕްރެޝަރު ހާލަތުތަކުގައި އިދިކޮޅު ޓީމުތައް ހީވެސް ނުުކުރާ ފަދަ ގޮތްގޮތަށް ކަމަށެވެ. އަދި، މިހާރު ވެސް ވާސްޓެޕަންގެ އެ ހުރީ އެ ފަދަ ވިސްނުންތަކެއް ކަމަށާއި އެހެންކަމުން ފަހު ރޭސްތަކަށްދާއިރު، އޭނާއާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.
ނެދަލެންޑްސް އަށް އުފަން ވާސްޓެޕަން އަކީ، މިދިޔަ ހަތަރު އަހަރުގެ ފޯމިއުލާ ވަން ޗެމްޕިއަނެވެ.
ވާސްޓެޕަންއާ މެދު ފަސޭހަކޮށް ނުވިސްނަން ހެމިލްޓަންގެ އިންޒާރެއް ވާސްޓެޕަންއާ މެދު ފަސޭހަކޮށް ނުވިސްނަން ހެމިލްޓަންގެ އިންޒާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ