ވިލާ ކޮލެޖުގެ ކުރިއަށް އޮތް ޖެނުއަރީގެ އިންޓޭކުގައި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100އަށް ވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލެވޭނެ އެވެ.
ތަފްސީލް - މި އިންޓޭކްގައި ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި:
އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރު ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް އަދި ސޮފްޓްވެއާ އިންޖިނިއަރިން
ޓީޗިން (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ އަދި ސެކަންޑަރީ)
ބިޒްނަސް މެނޭޖްމަންޓް، މާކެޓިން، އެކައުންޓިން އަދި ފައިނޭންސް، ބޭންކިން އަދި ފައިނޭންސް
ހިއުމަން ރިސޯސް މެނޭޖްމަންޓް
އިންޓަނޭޝަނަލް ބިޒްނަސް އަދި އިކޮނޮމިކްސް
އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް އަދި މެކަޓްރޯނިކްސް)
ނާސިން، ޕަބްލިކް ހެލްތު، ފްލެބޮޓޮމީ އަދި ހެލްތު ސާވިސަސް މެނޭޖްމަންޓް
ލޯ އަދި ޝަރީއާ
ޓޫރިޒަމް އަދި ކަލިނަރީ އާޓްސް
އޭވިއޭޝަން މެނޭޖްމަންޓް
ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި ކައުންސެލިން
މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ރިސާޗު ސްޓަޑީސް
އިންޓީރިއާ އާކިޓެކްޗާ އަދި ޑިޒައިން
ވިލާ ކޮލެޖުން ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަގްވާމީ ޑިގްރީތައް ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އެގޮތުން:
އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތު ޔުނިވަސިޓީ އަދި މެލޭޝިއާގެ ޓޭލާސް ޔުނިވަސިޓީ އަދި ޔުނިވަސިޓީ އޮފް ސައިބަޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށްގެންދޭ
ޕޯޓްސްމޯތު ޔުނިވަސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިން ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަސިޓީގައި ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބޭނެ
ވިލާ ކޮލެޖުގެ ކްލާސްތައް ބައްޓަންކޮށްފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި އާއިލީ ޒިންމާތަކާ އެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެންނެވެ. އެގޮތުން، އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއް ވެސް ފުރިހަމައަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
އެޕްލިކޭޝަން ހުށައެޅޭނެ އެންމެ ފަހު ތާރީހު - 15 ޑިސެމްބަރު
އޮންލައިން އެޕްލިކޭޝަން ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެ
ދަރިވަރުންގެ ތަޢުލީމީ ދަތުރު ފަސޭހަކޮށް، އެންމެ ފުރިހަމަ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވިލާ ކޮލެޖުން ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. މިގޮތުން:
އެކަޑަމިކް ރައިޓިން
ރެފަރެންސިން
އިނގިރޭސި ބަހުގެ ޓިއުޓޯރިއަލް
ސްޓަޑީ ސްކިލްސް ވޯކްޝޮޕްތައް
ޑިސަޓޭޝަން ސަޕޯޓް
ޕިއަ-އެސިސްޓެޑް ލާނިން
ވީ-ކެއާ ކައުންސެލިން އަދި ސައިކޯތެރަޕީ ސެންޓަރު މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން
މި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށާއި ފޭސް-ޓު-ފޭސްކޮށް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، ދަރިވަރުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދީގެން ގިނަ ވަސީލަތްތަކެއް ވިލާ ކޮލެޖުގައި ގާއިމްކޮށްފައިވެ އެވެ.
ވިލާ ކޮލެޖަކީ ބައިނަލްއަގްވާމީ މައިދާނުގައި ވެސް ފާހަގަކޮށްލެވޭ ފަހުރުވެރި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ތައުލީމީ މުއައްސަސާއެކެވެ. އެގޮތުން:
ކިއުއެސް ސްޓާ ރޭޓިން: ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަތީ ތައުލީމުގެ ރޭންކިން ކަމަށްވާ ކިއުއެސް ސްޓާ ރޭޓިންގްގައި 'އެމްޕްލޯޔަބިލިޓީ'، 'އޮންލައިން ލާނިން' އަދި 'އެންވަޔަރަމަންޓަލް އިމްޕެކްޓު'ން އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ހާާސިލުކޮށްފައިވޭ
ޓައިމްސް ހަޔާ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންސް 2025: ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ޔުނިވަސިޓީތަކުން އަދާކުރާ ދައުރު ވަޒަންކުރާ މި ރޭންކިންގައި ރާއްޖޭން ހިމެނުނު ހަމައެކަނި މުއައްސަސާއަކީ ވިލާ ކޮލެޖު؛ މި ރޭންކިންގައި ދުނިޔޭގެ މަތީ %20 ޔުނިވަސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނޭ
ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026: ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ވަނީ މި ރޭންކިންގައި ހިމެނި، އޭޝިއާ-ޕެސިފިކް ސަރަހައްދުން 'ކްލާސް އެކްސްޕީރިއަންސު'ން އެއް ވަނަ މަގާމު ހާސިލުކޮށްފައި
ވިލާ ކޮލެޖުން ޖެނުއަރީގެ އިންޓޭކަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ