ނިއުޒިލެންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ބަހުސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އިން ފަށައިފި އެވެ.
ނިއުޒިލެންޑުގެ ނޭޝަނަލް ޕާޓީގެ މެންބަރު ކެތަރިން ވެޑް ހުށަހެޅި މި ބިލްގެ މަގުސަދަކީ ހަނގާކުރުން، އެޑިކްޝަން، އަދި ނެގެޓިވް ބޮޑީ އިމޭޖް ފަދަ ސޯޝަލް މީޑިއާ އިން ލިބޭ ގެއްލުންތަކުން ޒުވާނުން ރައްކާތެރިކުރުމެވެ.
މި ބިލް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި ނަމަ ފޭސްބުކް، ޓިކްޓޮކް، އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޖެހޭނީ އެ ޕްލެޓްޕޯމްތައް ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރާށެވެ. އަދި 16 އަހަރުން ދަށުގެ އެއްވެސް މީހަކަށް އެ ޕްލެޓްފޯމް ތަކުން އެކްސެސް ދިނުމަކީ މަނާ ކަމަކަށް ވާނެ އެވެ. އަދި މި ގާނޫނާ ހިލާފުވާ ކުންފުނިތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ވެ އެވެ.
މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މި ބިލަކީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. ނިއުޒިލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ވިދާޅުވީ މިއީ "ކުޑަކުދިންގެ ސަލާމަތީ ކަންކަން އެންމެ އިސްކުރަން" ޖެހިފައިވާ ވަގުތު ކަމަށެވެ.
އެހެން ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަމުން ގެންދަނީ މި ބިލު އެކުލަވާލާފައިވާ ގޮތުން މި ބިލު ފާސްވެ, ގާނޫނަކަށް ވި ނަމަވެސް, ތަންފީޒުކުރުން ދަތިވާނެ ކަމަށާއި، މި ކަމުގެ ނަތީޖާއެއްގެ ގޮތުން ޒުވާނުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން ހިނގައިދާނެ ކަމަށް އެފަރާތްތަކުން ދެކެ އެވެ. އަދި ސިވިލް ރައިޓްސް ޖަމާއަތްތަކުން ފާހަގަ ކުރާގޮތުގައި ޓީނޭޖަރުން އެމީހުންގެ އުމުރާ ގުޅޭގޮތުން ދޮގު ހަދައިގެން ވެސް ސޯޝަލް މީޑިއާ ބޭނުންކުރަމުން ގެންދިއުމުގެ ފުރުސަތު އެބަ އޮތެވެ.
އޮސްޓްރޭލިއާ ފަދަ އެހެން ގައުމުތަކުގައި ވެސް މިފަދަ ގާނޫނުތަކާއި, ގަވާއިދުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާއިރު، މި ބަހުސަށް މިހާރު ދުނިޔޭގެ ސަމާލުކަން ލިބެމުންދެ އެވެ.
ނިއުޒިލެންޑުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރަނީ ނިއުޒިލެންޑުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ