ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތުގެ ބިންގާ އަޅައިފި
ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމާ، މި އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.މި މަޝްރޫއުގެ ދަށުން 50 އެނދުގެ ފަސް ބުރީގެ އާ ހޮސްޕިޓަލް އިމާރާތެއް އަޅާނެ އެވެ. މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭހެން ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.އޭގެ އިތުރުން އެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނެ އެވެ.މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 185.6 މިލިޔަން ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ