ސްލޮވޭކިއާ އަތުން ފަސޭހަކަމާއެކު މޮޅުވެގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވަރލްޑްކަޕްގެ ޖާގައެއް ޖަރުމަނުވިލާތުން ކަށަވަރުކޮށްފިއެވެ.
ވަރލްޑްކަޕް ކޮލިފައިންގައި ރޭ ޖަރުމަނުވިލާތާއި ސްލޮވޭކިއާ ބައްދަލުކުރިމެޗުން ޖަރުމަނު މޮޅުވީ 0-6 ގެ ނަތީޖާއަކުންނެވެ. ޖަރުމަނުގައި ކުޅުނު މިމެޗްގައި ގޯލްހުޅުވާލަދިނީ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި 18 ވަނަ މިނެޓް ތެރޭގައި ވޮލްޓެމޭޑެވެ. އަދި އޭގެ 11 މިނެޓްފަހުން ނާބްރީ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ދޭއް ސުމަކަށް ބަދަލުކޮށްފައެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާނޭ ވަނީ އިތުރު ދެ ލަނޑު ޖަހައި ނަތީޖާ 0-4 ކަށް ބަދަލުކޮށްފައެވެ. މެޗްގެ ފަހުހާފްގައި ޖަރުމަނަށް ލަނޑުތައް ޖަހައިދިނީ ބާކޫ އަދި ވެޑައޮގޯ އެވެ.
މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޖަރުމަނުވިލާތުންނެވެ. އެޓީމުން ވަނީ ސްލޮވޭކިއާ ގޯލަށް އަމާޒުކޮށް 10 ހަމަލާ ފޮނުވާލާފައެވެ.
ޖަރުމަނުހިމެނޭ ގްރޫއްޕުން އެޓީމް 6 މެޗް ކުޅެ 15 ޕޮއިންޓް ހޯދިއިރު ތާވަލްގެ ދެވަނާގައި އުޅެނީ 12 ޕޮއިންޓާއެކު ސްލޮވޭކިއާއެވެ. ވަރލްޑްކަޕުން ޖާގައެއް ހޯދުމުގެ ފުރުސަތު ދެން ސްލޮވޭކިއާއަށް އޮތީ ޕްލޭއޯފް ކާމިޔާބުކޮށްގެންނެވެ.
ޖަރުމަނުވިލާތުން ވަރލްޑްކަޕް ޖާގައެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ