މަގުމަތިން އެހީއަށް އެދި ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ޖިންސީ ގޯނާކޮށްފައި ހުރިކަން؛ ގޭންގު ރޭޕެއްގެ ތުހުމަތު

މާލޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި ސީރިއަސް މައްސަަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ބުނި ގޮތުގައި، އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްދީފައިވެ އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި:
ހޮސްޕިޓަލުން ބެލުމަށް ފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވޭ 
އެ މައްސަލަ ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން 
އަނިޔާ ލިބިފައިވާ މީހާއަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ސައިކޯސޯޝަލް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުން
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލައިގެ މައުލޫމާތު ފުލުހުން ރޭ ހާމަކޮށްފައިވަނީ، އެ އަންހެންމީހާ ގޭންގު ރޭޕުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުކުރެވެމުންދަނިކޮށް، އެކަމާ ގުޅިގެން ނޫސްތަކުން ސުވާލުކުރަން ފެށުމުންނެވެ. ނަމަވެސް ގޭންްގު ރޭޕުގެ ތުހުމަތާ ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ