ގދ. ތިނަދޫގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ވީކިހިނެއް؟ - ފުލުހުން މިރޭ ބުނި ގޮތުގައި، މި ހާދިސާ ހިނގީ މިރޭ 7:45 ހާއިރު ތިނަދޫގެ ގާޒީ މަގާ ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިންނެވެ.
ތަފްސީލް - މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ. ދެ މީހުންނަށް ވެސް އަނިޔާވި އެވެ. ސައިކަލު ދުއްވަން އިން މީހާއަށް އެ ރަށުގައި ފަރުވާ ދެނީ އައިސީޔޫގަ އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު އައިސީޔޫގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ